ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު

   `     

                                                                                                                                                

ށ. އަތޮޅުމަދަރުސާ

ށ. ކަނޑިތީމު / ދިވެހިރާއްޖެ                                            ނަންބަރ: IUL)GS34/2020/02)             

އިޢްލާން

 

 

މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނޭ ފަރާތެއް ހޯދުން

 

             މި މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

             ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚު ތަކުގައި މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ބީލަމަށް ނަންނޯޓު ކުރުމާއި، މައުލޫމާތު ހަވާލުކުރުން

2020 ޖެނުއަރީ 21 އިން 2019 ޖެނުއަރީ 28 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް.

މަޢުލޫމާތު ސާފުކުރެއްވުން

2020 ޖެނުއަރީ 28 ވާ އަންގާރަ ދުވަހާ ހަމަޔަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް.

ބީލަން ހުށަހެޅުއްވުން

2020 ޖެނުއަރީ 29 ވާ ބުދަ ދުވަހުގެ 12:00 ގައި ށ.އަތޮޅު މަދަރުސާގައި.

 

   މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

   އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ށ.އަތޮޅުމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

             އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމާއި ނަންނޯޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓްކޮށް މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

                    25 ޖުމާދަލްއޫލާ 1441      

                    20  ޖެނުއަރީ  2020

20 ޖަނަވަރީ 2020
ހޯދާ