ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :            މަސައްކަތު .(ވަގުތީ)

ކޮންޓްރެކްޓްގެ މުއްދަތު:  01 އަހަރު

ބޭނުންވާ ޢަދަދު :      02 (18 އަހަރު ފުރި 55 އަހަރު ނުފުރޭ ބޭފުޅުން)

ރޭންކް :              އެސް.އެސް 1

ކްލެސިފިކޭޝަން:         ސަޕޯޓް ސްޓާފް

އޮފީސް/ އިދާރާ :        ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ. 

ސެކްޝަން / ޔުނިޓް :    ކޯޕަރޭޓް އެފެއާރޒް ޔުނިޓް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ (ދ.ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ)

ވަޒީފާގެ މަސައްކަތު ވަގުތު:  ހަފްތާއަކު 6 ދުވަހު ދުވާލަކު 8 ގަޑީއިރު

 

މަޤާމުގެ ޝަރުޠުތައް:

1-     ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން،

2-     ގިނަވަގުތުގައި މަސައްކަތުގައި ހޭދަކުރުން

 

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ.

  1. މަލްޓިޕާޕަސް ބިލްޑިންގު ގެ ގޯތިތެރެ ކުނިކަހާ  (ފާޚާނާތަކާއެކު) ސާފުކޮށް ބެލެހެއްޓުން
  2. އެކަމަޑޭޝަން ބޮލޮކްގެ ކޮޓަރިތައް (ފާޚާނާއާއިއެކު) ފުހެ ސާފުކޮށް އެދު ތަންމަތި އަޅައި ބެލެހެއްޓުން
  3. ކޮޓަރިތަކުގެ އެދުތަންމަތި އެޅުމާއި ، ދާވެގެން ނަގާ  ބެޑްޝީޓައި ، ބާލީސްއުރަ ފަދަތަކެތި ދޮވެއިސްތިރި ކުރުން 
  4. ހަފްތާއަކު 1 ފަހަރު އެކަމަޑޭޝަން ބްލޮކްގެ ސިޓިންގ ރޫމާއި ،ކޮމަންރޫމް ފޮޅައި ސާފުކޮށް ބެލެހެއްޓުން
  5. ކްލާސްތަކުގެ ކިޔެވުން ފެށުމުގެ ކުރިން  ކްލާސްރޫމް ތަކުގެ ގޮނޑި ، މޭޒުތައް ތަރުތީބުކޮށް ފޮޅައި ސާފުކޮށް މޮޕްލުން
  6. ހަފްތާއަކު 1 ފަހަރު  ޖިމްނޭޒިއަމް ފޮޅާ ސާފުކޮށް ބެލެހެއްޓުން  
  7. މަހަކު 1 ފަހަރު ޖިމްގައި ބޭނުންކުރާ މެޝިނަރީޒް ތައް ފުހެ ސާފުކުރުން
  8. ބޮޑުހޯލް  ބޭނުންކުރަންޖެހޭ ކޮންމެފަހަރަކު ފޮޅައި ސާފުކުރުން
  9. ތަނުންނަގާ ކުނިބުނި މަދުވެގެން ހަފްތާއަކު 1 ފަހަރު އުކާލުން
  10. 10.  ޢިމާރާތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކައުންސިލަށް ރިޕޯޓްކޮށް އަންގާގޮތެއްގެ މަތިން ކުރެވޭވަރުގެ ކުދިކުދި ކަންތައް (ލައިޓް ބަދަލުކުރުން ފަދަ ކުދިކުދިމަރާމާތުތައް) ކުރުން
  11. 11.  ތަނުގައި ބޭނުންކުރާ ލައިޓްތައް ދިއްލައި ކަރަންޓް ޚަރަދު ކުޑަކުރުމަށް ބާރުއަޅާ ބޭނުންވާ ތަކެތި ނިއްވާ ބެލެހެއްޓުން.
  12. 12.  މީގެ އިތުރުންވެސް ކައުންސިލުން އަންގާ ތަނާގުޅުންހުންނަ މަސައްކަތް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

      ތައުލީމާއި ،ތަމްރީން ، މަސައްކަތު ތަޖްރިބާ ،މަސައްކަތުގެ ހުނަރާއި ،ފެންވަރާއި ޤާބިލްކަމާ ސިފަތަށް  މިބައިތަކުން އެންމެމަތިން ސްކޯކުރާ ފަރާތް : (މެރިޓް އުޞޫލުން )

 

އިންޓަރވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި ،މުއްދަތު:

             އިންޓަވިޔުއޮންނާނީ  2020 ޖެނުއަރީ 28 ން ފެށިގެން ރަސްމީ 3 ދުވަހުގެ  މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

             2020 ޖެނުއަރީ 27 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ ކޮންޓްރެކްޓް ވަޒީފާއަށްއެދޭ ފޯމުންނެވެ.

 

އުޖޫރައާއި ޢިނާޔަތް ތައް :

އަސާސީ މުސާރަ:             މަހަކު 3100.00 ރުފިޔާ

އެލަވަންސް                 މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 50.00 ރުފިޔާ

މީގެ އިތުރުންވެސް އިތުރު ގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1-     ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.)

2-     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3-     ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4-     ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5-     ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ.   އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.

ނޯޓު:  މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް 01 އަހަރުދުވަހުގެ  މުއްދަތަށް އިތުރުކޮށްދެވޭނެއެވެ.

 

       މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.

 

19 ޖަނަވަރީ 2020
ހޯދާ