ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން
ފުވައްމުލަކު މާލެގަން އަވަށު ދޭހަ ގޯއްޗާއި މާލެގަމު ސްކޫލާއި ދެމެދު އިރުމަތީ ފަރާތުގެ އަތިރިމައްޗަށް ވާގޮތަށް ނަންބަރު ޖަހާފައިވާ ތިރީގައި މިދަންނަވާ ރުއްގަސްތަކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.
- 01 އިން 02 އަށް ނަންބަރު ޖަހާފައިވާ ދިވެހިރުއްތައް
ވީމާ މި ރުއްގަސްތަކުގެ މިލްކުވެރިފަރާތެއް ވާނަމަ 22 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ރުކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިޔުމެއް ނުވަތަ ރުކުގެ މިލްކުވެރިކަން ސާބިތުކޮށްފައިވާ ކަމުގެ ޝަރުޢީ ލިޔުމާއިއެކު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން(ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރަތް) އަށް ހުށަހެޅުއްވުން އެދެމެވެ.
14 ޖަނަވަރީ 2020
ހޯދާ