ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމު

މަސައްކަތު

މަޤާމުގެ ނަންބަރު:

J-317853, J-319776, J-319777

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ / ހއ. ހޯރަފުށި

 މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރަ:

-/3,100 (ތިންހާސް އެއްސަތޭކަ) ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/1,000 (އެއްހާސް) ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސް: 1,200.00 (ބާރަ ސަތޭކަ( ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް  މިސްކިތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން
  2. ކޮންމެދުވަހަކު މިސްކިތުގެ ކުޑަދޮރުތަކާއި ބޮޑުދޮރުތައް އަދި ފެންލައިޓްތައް ފޮހެ ސާފުކުރުމާއި، ކޮންމެ ދުވަހަކު މިސްކިތުގެ ތެރެއާއި ފެންޑާ ހަޑިވިޔަނުދީ ކުނިކަހާ ފޮޅާ ސާފުކޮށް މޮޕްއެޅުން. އަދި މިސްކިތުގެ ވަޅު ހަޑިވުމުން މަޅުދިޔަހިއްކާ ސާފުކުރުން
  3. ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާއާއި ވަޅުދޮށު ތަޅުން ސާފުކުރުން، އަދި ޖަމާޢަތުގެ ނަމާދު ނިމުމުން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާއާއި ވަޅުދޮށު ތަޅުން ސާފުކުރުން
  4. މިސްކިތުގެ ގޯތިތެރެއާއި މިސްކިތުގެ ވަށައިގެންވާ މަގުތައް ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. އަދި މިސްކިތުގެ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއި، ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކާލުން
  5. މިސްކިތުގެ ގޯތިތެރޭގައި ގާޖަހާފައިވާ ތަންތަނުން ކޮންމެ ދުވަހަކު ވެލިތައް ކެހުމާއި، ގާތަކުގައި ފެހިޖެހިޔަ ނުދީ ގާތައް ދޮވެ ސާފުކުރުން
  6. މިސްކިތުގައި ބެހެއްޓިފައިވާ މުސްޙަފުތަކާއި ފޮތްތަކާއި ފޮތް ހަރުގަނޑުތައް ފޮހެ ސާފުކުރުމާއި. މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން
  7. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓުތައް ދިއްލުމާއި، ފަންކާތައް ޖެހުން އަދި ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާތަކާއި ދިއްލާފައި ހުންނަ ލައިޓްތައް ނިއްވުމާއި ދޮރުތައް ލެއްޕުން އަދި ފަރުޟު ފަސްނަމާދުގެ އިތުރަށް މިސްކިތުގައި ޖަމާޢަތުގައި ކުރެވޭ ނަމާދުތައް ކުރުމަށް މިސްކިތް ތައްޔާރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން
  8. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ގަސްއިންދާ ފެންދީ ބެލެހެއްޓުމާއި، ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކިބާވަތްތަކުގެ ގަސްތައް ރީތިކޮށް ކޮށުމާއި، ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

:ތައުލީމީ ރޮނގުތައް

ގުޅޭ ވަޒީފާގެ ދާއިރާތައް:

 

-

  •  ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ށ) އުވާލާފައިވާ ދަޢުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒިފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

21

26

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެޒެންޓޭޝަން

100

48

48

ޖުމްލަ

185

100

100

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖެނުއަރީ 28 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020ޖެނުއަރީ29އާއި
2020 ފެބްރުއަރީ06 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޟީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު  6500012 ނުވަތަ 6500030 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ޖުމާދަލްއޫލާ 1441

18 ޖަނަވަރީ 2020
ހޯދާ