ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންފޮމޭޝަން އޮފިސަރ

                                 ވަޒީފާގެ ފުރުޞަތު

 މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 އިންފޮމޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

ޑިޕާރޓްމަންޓް:

 ސޭލްސް އެންޑް މާރކެޓިން

މަޤާމުގެ ގިންތި:

 ދާއިމީ

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

މުސާރަ:

 މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

 -  ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: -/2200ރ

 އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީސް

ފެންވަރު ނުވަތަ ޝަރުތު:

 - ޖާނަލިޒަމް ނުވަތަ މާސް ކޮމިއުނިކޭޝަން އިން ޑިޕްލޮމާ ހާސިލް ކޮށްފައިވުމާއި މަޤާމުގެ މަސައްކަތުގެ ދާއިރާއިން 01 އަހަރު ދުވަހުގެ ތަޖްރިބާ ހާސިލްކޮށްފައިވުން.

 - 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 - ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު އިބާރާތްކުރުމާއި މުޢާމަލާތު ކުރަން އެނގުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - މިކޯޕަރޭޝަނުން ރާވާ ނިއުސް ބްރީފިންގ ތަކަށް ދައުވަތު ފޮނުވާ އެ އިވެންޓް ތަކުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން

 - މިކޯޕަރޭޝަންގެ ޑިޕާޓްމެންޓް ތަކުން ރާވާ ހިންގާ ޕްރޮގްރާމް ތަކުގެ މަޢުލާމާތު މީޑިއާތަކާއި ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

 - މި ކޯޕަރޭޝަން އިން ބާއްވާ އިވެންޓްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް މީޑިއާއަށް ދިނުމާއި އިވެންޓްތަކުގެ ފޮޓޯނެގުން

 - މި ކޯޕަރޭޝަން ހިންގަމުންދާ އިވެންޓް ތަކުގެ ޚަބަރު ދިވެހި އަދި އިނގިރޭސިބަހުން ތައްޔާރުކުރުމާއި ވެބްސައިޓްގައި އެމަޢުލޫމާތު އަޕްޓޭޑް ކުރުން

 - މި ކޯޕަރޭޝަންގެ ފޭސްބުކް އަދި ޓްވިޓަރ އެކައުންޓްސްތަކަށް އަންނަ ސުވާލުތަކަށް ޖަވާބުދިނުން

 - މި ކޯޕަރޭޝަން ދޭ ޚިދުމަތްތަކާ ގުޅޭގޮތުން އަންނަ މައްސަލަތައް ބަލައި، އިސްވެރިންނާ ގުޅިގެން މައްސަލަ ހައްލުކުރުން.

 - މި ކޯޕަރޭޝަން އިން އާންމުންނަށް ދެވޭ ޚިދުމަތްތައް ކުރިއެރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 - ސޯޝަލް މީޑިއާއަށް އާއްމު ކުރަންޖެހޭ މަޢުލޫމާތުތައް ތައްޔާރުކުރުމާއި އާއްމު ކުރުން

ސުންގަޑި:

 މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 2020 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

 - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2020 ޖެނުއަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                          21 ޖުމާދުލްޢޫލާ 1441

                           15 ޖަނަވަރީ 2020

16 ޖަނަވަރީ 2020
ހޯދާ