ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކިނބިދޫ ގައި އަލަށް ޖަހަންބޭނުންވާ 50 މަގުބައްތި ޖެހުމަށް ބޭނުންވާ ބުޑުތައް ހެދުމާއި، އަދި މިހާރު ޖަހާފައިހުރި 100 ހޮޅިދަނޑި މިހާރު ޖަހަފައިހުރި ތަންތަނުން ނަގައި މި އިދާރައިން ދައްކާތަނެއްގައި އަލުން ޖެހުމާ ބެހޭ .

ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

ކިނބިދޫ،

ދިވެހިރާއްޖެ

  އިޢުލާން

 

ނަމްބަރ: IUL393.393.2020.01  

ތާރީޚް: 16 ޖެނުއަރީ 2020

ތ. ކިނބިދޫ ގައި އަލަށް ޖަހަންބޭނުންވާ 50 މަގުބައްތި ޖެހުމަށް ބޭނުންވާ ބުޑުތައް ހެދުމާއި، އަދި މިހާރު ޖަހާފައިހުރި 100 ހޮޅިދަނޑި މިހާރު ޖަހަފައިހުރި ތަންތަނުން ނަގައި މި އިދާރައިން ދައްކާތަނެއްގައި އަލުން ޖެހުމާ ބެހޭ .                          

 

                  ތ . ކިނބިދޫގެ އިޖްތިމާޢީ ސަރަހައްދު ތަކާއި މަގުތަކަށް އަލިކުރުމަށް އަލަށް ޖަހަން ބޭނުންވާ 50   ހޮޅިދަނޑީގެ ބުޑު އަމިއްލަ ތަކެތީގައި އަޅައި ދިނުމާއި، އަދި މި ހޮޅިދަނޑިތައް މިކައުންސިލުން ދައްކާ ތަނެއްގައި ބަހައްޓައިދީ ހޮޅިދަނޑިތަކަށް ކޮންޑިއުޓް ހޮޅި ލައްވައިގެ    ނަރުގުޅައި ހޮޅިބުރި ކޮމްޕްލީޓް ހަރުކޮށްދިނުމާއި، އަދި ރަށުގެ އެކި ސަރަހައްދުގައި ކުރިން ޖަހާފައިހުރި 100 މަގުބައްތި އެތަންތަނުން ނައްޓާލައިގެން މި އިދާރާއިން ދައްކާ ސަރަހައްދު ތަކެއްގައި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

                 ވީމާ، ކިނބިދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅައި ގޮތެއްގެ މަތީން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބިޑް ހުށައެޅުއްވުން އެދެމެވެ.

  

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

27 ޖެނުއަރީ 2020

ހޯމަ

ހެނދުނު 11:00

ބިޑް ހުށައެޅުން

30 ޖެނުއަރީ 2020

ބުރާސްފަތި

ހެނދުނު 11:00

                                 މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ބިޑްހުށަހެޅުމަށް އެދި މަޢޫލޫމާތު ފޯމް ނުނަންގަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ނުގެންނެވި ނަމަވެސް، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައިނަމަ، ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. ކުންފުންޏަކުންނަމަ ކުންފުނީގެ ލެޓަރހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭ ގޮތަށް ލިޔުއްވަންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑާއިގަންނަވާއިރު ކުންފުނީގެ  ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ޖަމާޢަތުގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                        21 ޖުމާދަލްއާޚިރާ  1441

                         16 ޖަނަވަރީ    2020

 

 

 

 

16 ޖަނަވަރީ 2020
ހޯދާ