ޑްރަގް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/2020/01

ތާރީޚް: 13 ޖަނަވަރީ 2020

 


މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

މުއްދަތު: އިޢުލާނުކޮށްގެން މުވައްޒަފަކު ހަމަޖެހޭ ތާރީޚުން ފެށިގެން، ހަ މަހުގެ ޗުއްޓީގައި ހުންނަ މުވައްޒަފު ނިކުންނަންދެން

 

ޢަދަދު

1

ރޭންކް: ޖީ.އެސް.3

 

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު / ކ.މާލެ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

 

ސެކްޝަން

ޝަރުޢީ ސެކްޝަން

 

އަސާސީ މުސާރަ:

-/4,465 ރުފިޔާ

 

އެލަވަންސް:

- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން،

ނުވަތަ،

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް. 2ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

މައިގަނޑު މަސައްކަތް

  • ޝަރީޢަތް ހިންގުމަށާއި ސެކްޝަންގެ އެހެން ބޭނުންތަކަށް ޙާޟިރު ކުރަންޖެހޭ އެންމެހާ ފަރާތްތައް ޙާޟިރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  • ސެކްޝަނުން ނެރެންޖެހޭ އެންމެހާ އަމުރުތައް ތައްޔާރުކޮށް ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުވުން.
  • ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  • ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވައި އިނގިލީގެ ނިޝާން ޖެއްސުވުން.
  • ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޓައިޕުކޮށް ތައްޔާރުކުރުން.
  • ސެކްޝަނުން ބާއްވަން ކަނޑައަޅާ މައްސަލަތަކާބެހޭ މަޢުލޫމާތު، ހަފުތާ ޝީޓަށް ނަގައި، އެ މަޢުލޫމާތު ޢާއްމުކުރުމަށްޓަކައި ކަމާބެހޭ ސެކްޝަނަށް ދިނުން.
  • ރީހެބިލިޓޭޝަން އަމުރެއްގެ ދަށުން ފަރުވާ ހޯދާފަރާތްތަކާ ގުޅިގެން ސެކްޝަނުންކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • ކޯޓުގެ ތަފާސްހިސާބާއި އެހެނިހެން ރިޕޯޓުތަކަށް ސެކްޝަނުން ފޮނުވަންޖެހޭ މަޢުލޫމާތު ތައްޔާރުކޮށް ކޯޓުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ބަޔާންތަކާއި މައްސަލައާ ގުޅިގެން ސެކްޝަނަށް ލިބޭ ލިޔެކިޔުންތައް ޤާޟީގެ އިރުޝާދުގެ ދަށުން ފައިލުކޮށް ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރިޑޭޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރިޑޭޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމްގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިއުންތަކުގެ ކޮޕީ.

6- ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

 

ސުންގަޑި

20 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 

 

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

- އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

ނޯޓް:

މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

13 ޖަނަވަރީ 2020
ހޯދާ