ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ 2020

1. މިމަރުކަޒުގެ ނަމްބަރ (IUL)GS17/2019/046 (19 ޑިސެމްބަރ 2019 ) އިޢުލާނާއި ގުޅިގެން ބިޑް ހުށައެޅުއްވި ފަރާތްތަކުތެރެއިން ލިޔުންތައް ފުރިހަމަވާ 3 ބިޑް ލިބިފައިނުވާތީ، އެ ޢިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.  މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

1.1 މިމަރުކަޒުގެ 2020 ވަނަ އަހަރަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ  ފަރާތްތެއް ހޯދަން ބޭނުންވެއްޖެއެވެ.

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖަނަވަރީ 16 ން 2020 ޖަނަވަރީ 21  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

3.މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖަނަވަރީ 22  ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޖަނަވަރީ 23  ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

5. ބިޑް ހުޅުވުން އޮންނާނީ 2020 ޖަނަވަރީ 27 ވާ ހޯމަ ދުވަހުގެ 13:30 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް 2020 ޖަނަވަރީ 19 ން 2020 ޖަނަވަރީ 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިމަރުކަޒުގެ އިދާރީ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. 

7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

ފޯން: 6800013

އީ-މެއިލް: [email protected]

ކޮޕީ އީމެއިލް: [email protected]

 

16 ޖަނަވަރީ 2020
ހޯދާ