މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިކަމުގެ ދާއިރާގެ ތަމްރީން ޕްރޮގްރާމް

މަސްވެރިކަމާ ގުޅުންހުރި ތަމްރީން ތަކަށް ފުރުޞަތު

ދިވެހި މަސްވެރިކަމުގެ ޞިނާޢަތުގައި މަހާއި މަހުންތައްޔާރުކުރާ ބާވަތްތައް އިތުރުކޮށް މަތީއަގުލިބޭ ބާވަތްތައް އުފައްދާ ޖަމާއަތެއްގެ ގޮތުގައި އެބާވަތްތައް މާކެޓްތަކަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުމުގެ މަޤްޞަދުގައި " ވިޔަފާރީގެ އުޞޫލުން އަގުއެއްކުރި މަހާއިމަހުގެ އުފެއްދުންތައް ތައްޔާރުކުރުން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިތަމްރީން ޕްރޮގްރާމުގެ މަޤްޞަދުތަކަކީ ރަށްރަށުގެ އަމިއްލަ ފަރުދުންނާއި އަމިއްލަ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް މެދުވެރިކޮށް ރަށުފެންވަރުގައާއި އަދި އަތޮޅު ފެންވަރުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ، މިފަދަ އުފެއްދުންތަށް ގަންނަފަރާތްތަކާ ހަމަޔަށް ފޯރުކޮށްދިނުމަށް އެފަރާތްތައް އަޙުލުވެރިކުރުވުމެވެ. މިޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިއަރީ ސެޝަންތަކަކާއި ޢަމަލީ މަސައްކަތް ތަކެއްގެ މައްޗަށް ބަހާލައިގެންނެވެ.

މިގޮތުން މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ:

 • މަހުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 
 • މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރި މިންގަނޑުތައް.
 • ލޭބަލްކުރުމާއި ބަންދުކުރުން.
 • މަސްވެރިކަމުގެ ކުދި ވިޔަފާރިއެއް ހިންގާ ބަލަހައްޓަނެގޮތް
 • މަސްވެރިކަމުގެ ކުދި ވިޔަފާރި ހިންގުމުގައި ފައިސާ ބަލަހައްޓާނޭގޮތް
 • އަގު އެއްކުރި މަހުގެ އުފެއްދުންތައް އުފައްދާ ބަންދުކޮށް މާރކެޓް ކުރާނެ ގޮތް.
 • އަގުއެއްކުރި މަހުގެ އުފެއްދުންތައް އުފެއްދުމުގެ އަމަލީ މަސައްކަތް

 

ތަމްރީން އަމާޒް ކުރާ ފަރާތް:

 • ކުދި އަދި މެދުފަންތީގެ ވިޔަފަރިކުރާފަރާތްތައް
 • ދެޖިންސުގެ ޒުވާނުން / މަހުގެ އުފެއްދުން ތައްޔާރުކުރުމަށް ބޭނުންފުޅުވާ އެންމެހާ ފަރާތްތައް

ޝަރުތު :

 • ވިޔަފާރީގެ ދާއިރާއަށް ނިކުތުމަށް ބޭނުންވާ ޒުވާނުން.
 • މަހުގެ ތަފާތު އުފެއްދުން ތައްޔާރުކުރުމަށް ޝައުޤުވެރިކަން ހުރުން.
 • އުމުރުން 18 އަހަރުވެފައިވުން. (18 އަހަރުންދަށުގެ ކުދިން ބެލެނިވެރިންގެ ހުއްދަލިބިގެން).

ހުށަހަޅަންޖެހޭ ތަކެތި :

 • ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށްއެދި ނަން ހުށަހަޅާ ފޮނުވާ ސިޓީގައި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތުގެ ނަމާއި ގުޅޭނޭ ސީދާ ފޯން ނަންބަރު ހިމަނަންވާނެއެވެ.
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީ.
 • 18 އަހަރުންދަށުގެ ކުދިން މިކަމުގައި ބައިވެރިވުމަށް ބެލެނިވެރިން އިއުތިރާޒް ނުކުރާ ކަމުގެ ލިޔުން.

  ސުންގަޑި: 27 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ. ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ފޮނުވާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް އަދި ކައުންސިލް އިދާރާތަކަށެވެ.

ސިޓީ އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] ، [email protected]   އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ނަންބަރު 3339276 / 3339213 ފޯނާ ގުޅުއްވުން އެދެމެވެ.

16 ޖަނަވަރީ 2020
ހޯދާ