ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
2 ޑްރާމާ ސިލްސިލާ (13 އެޕިސޯޑްގެ) ގަތުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/7

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-04-20) PSM-TV-Pro /2019/220,221

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                         ޕަބްލިކް ސާވިސް މީޑިއާ އަށް ބޭނުންވާ 2 (ދޭއް) ޑްރާމާ ސިލްސިލާ  (13 އެޕިސޯޑްގެ) ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރ : (IUL) PSM-FP/ PSM/2019/127  އިޢުލާނާގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

                        ވީމާ، މިކުންފުނިންދޭ މަޢުލޫމާތާއެއްގޮތަށް މިޑްރާމާތައް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތް ތަކުން މިކުންފުނިން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް  20 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                        ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

19 ޖުމާދުލްއައްވަލް 1441                                 

                     14 ޖެނުއަރީ 2020                                 

15 ޖަނަވަރީ 2020
ހޯދާ