މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ޖަމާތްތެރި (ކޮންޓްރެކްޓް)

މަޤާމް:

ޖަމާތްތެރި

ބޭނުންވާ އަދަދު:

04 ފިރިހެން އަދި 04 އަންހެން

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / މާލެ ސިޓީގެ ސަހަރާތައް  (މާލެ، ވިލިމާލެ އަދި ހުޅުމާލެ)

މުސާރަ:

4465.00

ސަރވިސް އެލެވަންސް:

1500.00

އެހެނިހެން އެލަވަންސް:

 • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ
 • ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ލިބޭނެ
 • އެޓެންޑެންސް އެލަވަންސް: މަސައްކަތައް ހާޟިރުވާ ދުވަހަކަށް -/50 ރޭޓުން
 • ޝިފްޓް ޑިއުޓީ އެލަވަންސް އަދި ރިސްކް އެލަވަންސް ލިބޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ނިޔާވެގެން، މައްޗަންގޮޅި އާސަހަރާ، ހުޅުމާލެ ސަހަރާ، ވިލިނގިލި ސަހަރާގައި ވަޅުލުމަށް ގެންނަ މައްޔިތުން، މައްޔިތާގެ ޢާއިލާއިން ހަމަޖައްސާ ވަގުތަކަށް ވަޅުލުމަށްޓަކައި، މައްޔިތާ ހިނެވުން.
 2. މައްޔިތާގެ މިންނަގައި، މައްޔިތާލުމަށް ބޭނުންވާނެ ސަންދޯކުގެ ސައިޒާއި ކަފުންކުރުމަށް ގެންނަންޖެހޭ ތަކެތީގެ މަޢުލޫމާތު، މައްޔިތާގެ ޢާއިލާއަށް ދިނުން.
 3. މައްޔިތާ ކަފުން ކުރުމަށްޓަކައި ކަފުން ތައްޔާރުކުރުން.
 4. މައްޔިތާ ކަފުންކުރުމާއި މޫނު އެޅުމާއި ސަންދޯކަށްލައި ކަށުނަމާދު ކުރުމަށް ތައްޔާރުކުރުން.
 5. މައްޔިތާ ވަޅުލުމަށް ކޮންނަންޖެހޭ ކަށްވަޅުގެ މިންތަކާއި ވަޅުކޮންނަންވީ ތަނުގެ މަޢުލޫމާތު، ވަޅުކޮންނަ މަސައްކަތު މީހުންނަށް ދިނުމާއި މައްޔިތާ ވަޅުލާންޖެހޭ ވަގުތަށް ކަށްވަޅު ތައްޔާރު ކުރުވުން.
 6. މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުމަށް، ޢާއިލާއިން ހަމަޖައްސާފައިވާ ވަގުތަށް، ކަށުނަމާދު ކުރުމަށް މައްޔިތާ ގެންދިއުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންދިއުން ނުވަތަ ގެންދިއުމަށް އެހީތެރިވުން.
 7. މައްޔިތާގެ މައްޗަށް އިމާމުވެ ކަށުނަމާދު ކުރުމަށް ޢާއިލާގެ ފަރާތުން ވަކި މީހަކު އައްޔަށް ކޮށްފައިނުވާނަމަ، ފިރިހެން ޖަމާޢަތްތެރިން، އިމާމުވެ މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުން.
 8. މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށް ނިމުމުން، ވަޅުލުމަށްޓަކައި މައްޔިތާ ގެންދިއުން ނުވަތަ ގެންދިއުމަށް އެހީތެރިވުން. އަދި މައްޔިތާ ވަޅުލުމާއި ވަޅުލުމަށްފަހު މަހާނަ ހެދުމާއި މިނޫންވެސް އެވަގުތު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކުރުމާއި ކުރުވުން.
 9. ސަހަރާތަކުގައި ވަޅުލުމަށް ގެންނަ މައްޔިތުންނާއެކު ގެންނަ "މަރު ސާބިތުކުރި ލިޔުން" މިފޯމުގައިވާ މަޢުލޫމާތު، ކަމާބެހޭ ރަޖިސްޓްރީ ފޮތުގައި ނޯޓުކުރުމާއި މައްޔިތާ ވަޅުލުމަށްފަހު، އެފޯމުގެ  ޖަމާޢަތްތެރިން ފުރަންޖެހޭ ބައި ފުރިހަމަ ކުރުމަށްފަހު، މަރުފޯމުގެ އަސްލު ޢާއިލާގެ މީހަކާ ޙަވާލުކޮށް ފޮތުގައި ސޮއިކުރުވުން.
 10. ސަހަރާތަކުގައި ވަޅުލުމަށް ގެންނަ، ބައިގެންދާ ކުދިންގެ ހަށިގަނޑު، މަސް (ތުރަމަސް ނުވަތަ ތުރަ) މިނިކަށި، ވަކިވަކި ގުނަވަންތައް ފަދަ ތަކެތި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ސަހަރާތަކުގައި ވަޅުލުން.
 11. ހިނަވާ އަށިތަކާއި ހިނަވާގޭގެ ތަންތަން ސާފުކުރުމާއި މަސައްކަތު މީހުން ލައްވައި ސާފުކުރުވުން
 12. ހަމަޖެހިފައިވާ އުސޫލުގެ ދަށުން، މަސައްކަތު މީހުން ލައްވައި ސަހަރާތައް ސާފުކުރުވުން.
 13. ހަމަޖެހިފައިވާ އުސޫލާއެއްގޮތަށް ސަހަރާގެ ޑިއުޓީއަށް ނިކުމެ، ކުރަން ކަނޑައެޅިފައިވާ މަސައްކަތްތައް ކުރުން
 14. ޑިއުޓީގައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން، އިދާރީގޮތުން ކުރަން ހަމަޖައްސާފައިވާ ކަންތައްތައް ކުރުމާއި ރިޕޯޓުކުރަންޖެހޭ ކަންތައްތައް، ރިޕޯޓުކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ރިޕޯޓުކުރުން.

މަޤާމުގެ ޝަރުޠުތައް:

 1. ޖަމާޢަތްތެރި ކަމުގެ ސަނަދު ލިބިފައިވުން

ނުވަތަ

   2. ޖަމާޢަތްތެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި އިދާރާގެ ވެބްސައިޓް www.malecity.gov.mv  އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

   4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
 • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
 • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
 • އިގިރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން، އަދި ވާހަކަ ދައްކަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖެނުއަރީ 2020 ގެ 13:00 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 ޖެނުއަރީ 2020 އާއި 30 ޖެނުއަރީ 2020 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7791893، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.


                                    20 ޖުމާދަލްއޫލާ 1441

15 ޖަނަވަރީ 2020
ހޯދާ