މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - Canon Printer Consumables Supply For One Year

 

އިޢުލާން

 

 

މި އޮތޯރިޓީގައި ބޭނުންކުރާ Canon ބްރޭންޑްގެ ޕްރިންޓަރުތަކަށް ބޭނުންވާ ޓޯނަރ/ކާޓްރީޖްގެ 1 (އެކެއް) އަހަރު ދުވަހުގެ ސްޓޮކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 26 ޑިސެންބަރު 2019 ގައި ކުރި IUL)220-AS/1/2019/109) ފުރަތަމަ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު ތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ތަފްސީލާ އެއްގޮތަށް މި އޮތޯރިޓީން ކުރާ އޯޑަރުތަކަށް މި ތަކެތި ސަޕްލައިކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތާރީޚް

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

21 ޖަނަވަރީ 2020

އަންގާރަ

11:00

 

 

އަންދާސީހިސާބު ތައްޔާރު ކުރައްވަން ވާނީ މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެންނެވެ. މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3339513 ، 3020478 އަށް ގުޅުއްވުން އެދެމެވެ. 

 

17 ޖުމާދަލްއޫލާ 1441

 

 

12 ޖަނަވަރީ 2020
ހޯދާ