ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ ވަގުތީ މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުމަށް މަސައްކަތު މީހުން ހޯދުމަށް

އިޢުލާން

 

މަޤާމް

މިސްކިތު މަސައްކަތު   (ވަގުތީ)

 

ބޭނުންވާ އަދަދު:

02 (ދޭއް)

 

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

ކޮންމެ ނަމާދުވަގުތަކަށް 60 މިނެޓް ހިމަނައިގެން ދުވާލަކު 5 ގަޑިއިރު މަސައްކަތްކުރާ ގޮތަށް.

 

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެ އިރަކަށް 45/- ރުފިޔާ

 

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން:

މަސްޖިދުލް ބަރަކާތު އަދި ތަޤުވާ މިސްކިތް/ގދ.މަޑަވެލި

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތު:

އެއްބަސްވުމުގައިވާގޮތަށް، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން.

 

ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. އައި.ޑީ ކާޑުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދޭ ފަރާތްތަކުން 22 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށަހަޅަން ވާނެއެވެ.

 

އިތުރު މަޢުލޫމާތު

ވޭޖް އިމްޕްލޯއިމަންޓްގެ ދަށުން މިސްކިތު މަސައްކަތު މީހުން ބޭނުންވަނީ 2020 ޖަނަވަރީ އިން 2020 ޑިސެންބަރުގެ ނިޔަލަށް ދާއިމީ މިސްކިތު މަސައްކަތު މުވައްޒަފުން އަހަރީ ޗުއްޓީ، ސަލާމް އަދި ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުނެ އެދުވަސްތަކުގައި ވަގުތީގޮތުން މަސްޖިދުއް ތަޤުވާ/ބަރަކާތު މިސްކިތުގައި މަސައްކަތްކުރުމަށެވެ.

 

13 ޖަނަވަރީ 2020
ހޯދާ