މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

އިޢުލާން

 

އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

 

 

              އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށްޓަކާ ، ބަންޑާރަ ގޯތީގެ ގޮތުގައި 1400 އަކަފޫޓްގެ 158 ގޯތި ދޫކުރުމަށް ނިންމާ، ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

                ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން "ބ. އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 13 ފެބްރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ފޯމްގެ އަޞްލު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިނޫންގޮތަކަށް ހުށަހަޅާފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުން ފެށިގެން 13 ފެބްރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30  ގެ ނިޔަލަށް  ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30 ން 13.30 ގެ ނިޔަލަށެވެ

                 " ބ. އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް"  13 ޖަނަވަރީ 2020 ވަނަ ދުވަހުން ފެށިގެން ރަސްމީގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.eydhafushi.gov.mv  ން  ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

                މިއިޢުލާނާއިއެކު "ބ. އޭދަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް  - 2020" އާއި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު އަންގައިދޭ ކުރެހުންތައް ޝާއިޢުކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

12 ޖަނަވަރީ 2020
ހޯދާ