މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. މާއްޑޫއަށް ޕިކްނިކް ދާން ބޭނުންވާ ފަރާތްތަކުން ހުއްދަ ހޯދުމާއި ބެހޭ

އިޢްލާން

            08 ޖަނަވަރީ 2020 ވަނަ ދުވަހުން ފެށިގެން ބ. މާއްޑޫ ބެލެހެއްޓުން، މިއިދާރާގެ ފަރާތުން ޙަވާލުވެފައިވާތީ 2020 ޖަނަވަރީމަހުގެ 10 އަދި 11 ވަނަ ދުވަހު އެރަށަށް ޕިކްނިކް ދާން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ހުއްދަ ހޯއްދެވުމަށްފަހު އެރަށަށް ދިއުމުގެ ފުރުޞަތު ހުޅުވާލަމެވެ.

        ވީމާ، މަތީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ޕިކްނިކް ދިއުމުގެ ބޭނުމުގައި މާއްޑޫއަށް ދާން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ފަރާތުން ހުއްދަ ހޯދުމަށްފަހު، އެރަށަށްގޮސް އެރަށުގެ މޫދާއި ގޮޑުދޮށް ހިމެނޭ ސަރަޙައްދު ބޭނުން ކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި ޕިކްނިކް ދިއުމުގެ ހުއްދަ ހޯދުމަށްފަހު އެރަށަށްދާ އެއްވެސް ފަރާތަކުން ރަށުތެރެއަށް ނޭރުމަށާއި ރަށުން އެއްވެސް އެއްޗެއް ބޭނުން ނުކުރެއްވުމަށް ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާން ކުރީމެވެ. މާއްޑޫއަށް ޕިކްނިކް ދިއުމުގެ ހުއްދަ ހޯއްދެވުމަށް ގުޅުއްވާނީ އޭދަފުށީ ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލާ ޙައްވާ ސަމީޙާ (މޮބައިލް ނަންބަރު: 7530663) އާއެވެ.

                އިހްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

09 ޖަނަވަރީ 2020
ހޯދާ