ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ތަމްރީން ޕްރޮގްރާމް - ބަންގްލަދޭޝް

ޓިވެޓް ދާއިރާގެ ތަމްރީން ޕްރޮގްރާމް

 

ޓިވެޓް އޮތޯރިޓީ އާއި ސީ.ޕީ.އެސް.ސީ ގުޅިގެން 2020 ފެބްރުއަރީ 2-6 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ 5 ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ޓިވެޓް ދާއިރާގައި މަސަތްކަތް ކުރާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގެ ހުރިހާ ޙަރަދެއް ހަމަޖައްސަވަނީ ޓްރޭނިންގ ޕްރޮގްރާމް ހިންގަވާ ފަރާތުންނެވެ.

 

Programe Name: Equipping Future Workforce with 21st Century and Technopreneurship Skills through Quality TVET Programs”

 

އަދަދު: 1

ޓްރެއިނިންގ ބޭއްވޭ ޤައުމު : ބަންގްލަދޭޝް

  

 

ޝަރުތު: 

 

 • ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރއިނިންގ އޮތޯރިޓީ ގައި ރަޖިސްޓްރީ ކޮށްގެން ޓްރެއިނިންގ ހިންގާ ސެންޓަރެއްގައި ޓްރެނަރެއްގެ ގޮތުގައި ވިދިވިދިގެން 3 އަހަރު މަސައްކަތްކޮށްފައިވުން.
 •  ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން އެންމެ ދަށްވެގެން ޑިޕްލޮމާ ހާޞިލްކޮށްފައިވުން.
 • އިނގިރޭސި ބަހުން ލިޔަން ކިޔަން އިނގުން.
 • ޓިވެޓް އޮތޯރިޓީގެ އެސެސް ޕްރޮގްރާމް ނިންމާފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 • އެޕްލިކޭޝަން ފޯމް
 • ޕާސްޕޯޓް ސައިޒް ފޮޓޯ
 • ތަޢުލީމީ ސެޓްފިކެޓްތައް
 • ފުލް ޓްރާންސްކްރިޕްޓް ގެ ކޮޕީ ( ގްރޭޑިންގ ކްރައިޓީރިއާ  އިނގޭގޮތަށް)
 • ތަޖުރިބާގެ ލިޔުންތައް

                              

އިތުރު މަޢުލޫމާތު:

 

 • މި ޓްރޭނިންގ ޕްރޮގްރާމްގެ ހުރިހާ ޙަރަދެއްކުރުމަށް ހަމަޖައްސާފައިވަނީ ޓްރޭނިންގ ހިންގާ ފަރާތުންނެވެ.
 • މި ޓްރެއިނިންގ ޕްރޮގްރާމަށް ފޮނުއްވާނެ ފަރާތެއް ކަނޑައެޅުމުގައި ޓިވެޓް ދާއިރާގެ ތަޢުލީމު އަދި ތަޖުރިބާ ޙާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 • ޝަރުތު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ.

 

ސުންގަޑި

 

14 ޖަނަވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

 

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރ 3026611 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

09 ޖަނަވަރީ 2020
ހޯދާ