ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާނާއި ބެހޭ މަރުކަޒުގެ ފީއަލި ގޮފީގެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ: (IUL)370-ESMS SC/370/2019/56 އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލުމާއި ގުޅޭ.

 a

                        &

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

ފ. ފީއަލީ،

              ދިވެހިރާއްޖެ.   

                                                ނަންބަރ: (IUL)370-ESMS SC/370/2020/2

 

އިއުލާން

 

ޤުރުއާނާއި ބެހޭ މަރުކަޒުގެ ފީއަލި ގޮފީގެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ: (IUL)370-ESMS SC/370/2019/56އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލުމާއި ގުޅޭ.

 

                    ޤުރުޢާނާއި ބެހޭ މަރުކަޒުގެ ފީއަލި ގޮފީގެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ:  (IUL)370-ESMS SC/370/2019/56އިއުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން އެ މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީވެ، ނަންބަރ: (IUL)370-ESMS SC/370/2019/56 ޢިއުލާން ބާތިލްކޮށް، ޤުރުޢާނާއި ބެހޭ މަރުކަޒުގެ ފީއަލި ގޮފީގެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

     ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި ފީއަލީ ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ އެއްގަޑިއިރުގެ ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައި ވެއެވެ. ބިޑުފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑް ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 19 ޖަނަވަރީ 2020 ވަނަ ދުވަހުގެ ހެނދުނު 09:00 އިން 12:00އަށެވެ. ބިޑް ފޮތުގެ އަގަކީ -/1000 ރުފިޔާއެވެ. އެގޮތުން ކޮންޓްރެކްޓް އެވޯޑްކޮށް އެއްބަސްވުމުގައި ސޮއިކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ގާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

19 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 13:00

23 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00

  

                ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރާގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ޤުރުއާނާއި ބެހޭ މަރުކަޒުގެ ފީއަލި ގޮފީގެ އިމާރާތް މަރާމާތުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

    އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު  / 9992798 / 79708046740012 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މި އިދާރާގެ އީމެއިލް: [email protected] ށް އީމެއިލްކުރެއްވުމަށް ދަންނަވަމެވެ.

1441 E 13

08 ޖަނަވަރީ 2020

 

                                                                   މޫސާ އަޙްމަދު

                                               ފީއަލީ ކައުންސިލްގެ ނައިބުރައީސް

08 ޖަނަވަރީ 2020
ހޯދާ