ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (ޕްރޮކިއުމަންޓް)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2020/4

ތާރީޚް: 07 ޖަނަވަރީ 2020

މަޤާމު

 އެސިސްޓެންޓް ޑިރެކްޓަރ  

ރޭންކް: އެމް.އެސް 3

ޢަދަދު

 01

ކްލެސިފިކޭޝަން

 އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތްކުރަންޖެހޭ ތަން

 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/7,035 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

 - ޖުޑީޝަލް އެލަވަންސް:-/3,517.50 (އަސާސީ މުސާރައިގެ %50)

 - ސަރވިސް އެލަވަންސް:-/2,000

 - ލިވިންގ އެލަވަންސް:-/3,000

 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

 1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިފުން. ނުވަތަ،

 2- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

 3- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ދަޢުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޕްރޮކިއުމަންޓް މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. ޚިދުމަތަށް ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، މާއުލޫމާތު ޝީޓް ތައްޔާރުކުރުމާއި، މާއުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބުތައް ބަލައިގަނެ ޗެކްކުރުމާއި، ބިޑްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  3. ބިޑްތައް ފަރުވާތެރިކަމާއެކު އިވެލުއޭޓްކޮށް މަޢުލޫމާތު ޝީޓް ފުރިހަމަކުރުމާއި، ބިޑްތައް އިވެލުއޭޓްކުރުމުގައި ފަންނީ މުވައްޒަފުންގެ ފަންނީ އެހީތެރިކަން ހޯދަން ޖެހިއްޖެނަމަ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް އެ މަސައްކަތް ކުރެވެނެ އިންތިޒާމް ހަމަޖެއްސުން.
  4. ބިޑް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަށް ދިރާސާކޮށް، ކޮމިޓީގެ އެޖެންޑާ ތައްޔާރުކުރުމާއި، ބިޑް ކޮމިޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމުގެ އެންމެހާ އިންތިޒާމް ހަމަޖެއްސުން. 
  5. ބިޑްކޮމެޓީއިން ކުރާ ސުވާލުތަކަށާއި، ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތު ތެދުވެރިކަމާއެކު އަނގަބަހުން ދިނުމާއި ލިޔުމުން ދިނުން.
  6. ބިޑް ކޮމެޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުމާއި ފަރުވާތެރިކަމާއި، ރައްކާތެރިކަމާއެކު ލިޔުންތައް ބެލެހެއްޓުން.
  7. ބިޑް ކޮމެޓީއިން ނިންމާ ނިންމުންތައް ދުވަހުން ދުވަހަށް ގުޅުންހުރި ފަރާތްތަކާއި ހަވާލުކުރުމާއި އެލިޔުންތަކުގެ ކޮޕީ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
  8. ޕަރޗޭސް އޯޑަރ ހެދުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  9. ބިޑް އެވޯޑް ކުރެވޭ ފަރާތާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ދެމެދު ހަދަންޖެހޭ އެއްބަސްވުންތައް ލީގަލް ސެކްޝަނުގެ ލަފަޔާއެކު ހެދުމާއި، އެގްރިމެންޓްތަކުގައި ސޮއިކުރުވުމުގެ އެންމެހާ އިންތިޒާމް ހަމަޖެއްސުން.
  10. ޕްރޮކިއުމަންޓް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަރވައިޒްކޮށް ބެލެހެއްޓުން.
  11. ސެކްޝަނަށް ލިބޭ ލިޔެކިޔުންތައް ޤަވާޢިދުން ބަލައިގަނެ މުވައްޒަފުންނާ ޙަވާލުކުރުމާއި، މަސައްކަތް ކުރުމުގައި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.

ތަޢުލީމީ ރޮނގު

 މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

 ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް  

ހުށަހަޅަންޖެހޭ ތަކެތި

 1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ   ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް   ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން   އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް   ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

 6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ   ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ،   ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ   ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް   ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

 7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް،   މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

 2020 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް   އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340853 / 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 އެސިސްޓެންޓް ޑިރެކްޓަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި،   ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ   ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން   މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: 40 ޕަސެންޓް
  • މަސައްކަތުގެ ތަޖްރިބާ: 8 ޕަސެންޓް
  • އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް : 40 ޕަސެންޓް
  • ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި،  ޕަރފޯމެންސަށް: 12 ޕަސެންޓް

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ރާއްޖެތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތަކަށްވުން.
  • ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާޢިދު، އަދި ޝަރުޢީދާއިރާގައި ހެދިފައި ހުންނަ ޤަވާޢިދުތަކާއި އުޞޫލުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  • ސެޕް ސޮފްޓްވެއަރ އަށް އަހުލުވެރި ފަރާތަކަށްވުން.
07 ޖަނަވަރީ 2020
ހޯދާ