މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"ވޯޓަރ ރަން" ގެ އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމާއި ބެހޭ – ދެވަނަ އިއުލާން

މިމިނިސްޓްރީން 26 ޑިސެންބަރު 2019 ގައި ކުރި އިޢުލާނަށް (އިއުލާން ނަންބަރ:  (IUL)438-WS/438/2019/399) އެކަށީގެންވާ ޝައުގުވެރިކަން ފައުޅުކޮށްފައިކޮށްފައި ނުވާތީ މިމަސައްކަތަށް އަލުން އިއުލާންކުރަމެވެ.

ދުނިޔޭގެ ފެނުގެ ދުވަސް (22 މާރިޗް) ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށްހަމަޖެހިފައިވާ "ވޯޓަރ ރަން" އަމިއްލަ ތަކެތީގައި އަދި ސްޕޮންސަރޝިޕް މެދުވެރިކޮށް ލިބޭ ފައިނޭންސްގެ އެހީގައި އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް އާއްމުކޮށް އިޢުލާންކުރަމެވެ.

މި މަސައްކަތްކުރުމަށް ހޮވޭފަރާތަކާއިއެކު ކޮންޓްރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ 4 އަހަރުގެ މުއްދަތަށެވެ.

އިވެންޓުމެނޭޖްކުރާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ) އިންޓަރނޭޝަނަލް ނުވަތަ ނެޝަނަލް ލެވެލްގައި މަދުވެގެން 3000 މީހުން ހިމެނޭ ގޮތަށް މިފަދަ " ރަން " ތައް ކުލަގަދަކޮށް ރާވާ ހިންގުމުގެ ތަޖުރިބާ ހުރުން

(ށ) އިވެންޓް މެނޭޖްކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޓީމުގައި ފަންނީ ޤާބިލްކަން ހުރުން. މިގޮތުން މެނޭޖްކުރުމުގައި މާކެޓިންގ،  ޖެނެރަލް މޭނެޖްމަންޓް، ސޭލްސް، ސަޕޯޓް ސްޓާފުން މި ޓީމުގައި ހިމެނެންވާނެއެވެ. މިޓީމްގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރު ހިމަނަންވާނެއެވެ.

ބީލަން އިވެލުއޭޓްކުރާނެ ގޮތުގެ ތަފްސީލް:

(ހ) މަދުވެގެން 3000 މީހުންނަށް އަމާޒުކޮށްގެން އިންޓަރނޭޝަނަލް ނުވަތަ ނެޝަނަލް ލެވެލްގައި މިފަދަ ރަންއެއް ރާވައި ހިންގާފައިވުން ޖުމްލަ 50 މާރކްސް ( ހިންގާފައިވާ ކޮންމެ އިވެންޓަކަށް 10 މާރކްސް)

(ށ) އިވެންޓް މެނޭޖްކުރުމަށްޓަކައި ފަންނީ ޤާބިލްކަން ހުރުން.  ޖުމްލަ 30 މާރކްސް ( ޓީމުގައި ހިމަނާ މާކެޓިންގ،  ޖެނެރަލް މޭނެޖްމަންޓް، ސޭލްސް، ސަޕޯޓް ސްޓާފުންގެ މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ޤާބިލްކަން ބަލާނީ އެ ފަރާތްތަކުގެ ވަނަވަރުގައި އެ ދާއިރާއެއްގެ ލިބިފައިވާ ތަޖްރިބާއަށެވެ. ) މިގޮތުން މާކްސް ބެހިފައިވާ ގޮތުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.

  • މާކެޓިންގ ( އިވެންޓްތަކުގެ މާކެޓިންގ ދާއިރާގެ ތަޖްރިބާ ލިބިފައިވާ ނަމަ 05 މާކްސް )
  •  ޖެނެރަލް މޭނެޖްމަންޓް ( އިވެންޓްތަކުގެ ޖެނެރަލް މެނޭޖްމަންޓް ދާއިރާގެ ތަޖްރިބާ ލިބިފައިވާ ނަމަ 05 މާކްސް )
  •  ސޭލްސް ( އިވެންޓްތަކުގެ ސޭލްސް ދާއިރާގެ ތަޖްރިބާ ލިބިފައިވާ ނަމަ 05 މާކްސް )
  • ސަޕޯޓް ސްޓާފުން (އިވެންޓްތަކުގެ ސަޕޯޓިން ދާއިރާގެ ތަޖްރިބާ ލިބިފައިވާ ނަމަ ކޮންމެ ސަޕޯޓިން ސްޓާފަކަށް 03 މާކްސް، ގިނަވެގެން މި ކްރައިޓީރިއާއަށް ލިބޭނީ 15 މާކްސް)

(ނ) ފެނުގެ ދުވަހުގެ " ރަން " ކުރިއަށްގެންދިޔުމަށްޓަކައި ހުށަހަޅާ ކޮންސެޕްޓް އަދި މެތޮޑޮލޮޖީ (ހުށަހަޅާ ކޮންސެޕްއަކީ އިނޮވޭޓިވް އަދި އައު ހިޔާލެއް ނަމަ 20 މާރކްސް )

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ  ޕްރޮފައިލް
  • ވިޔަފާރީގެ ރެޖެސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ  އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ
  • ވޭދުވެދިޔަ 05 އަހަރު އިންޓަރނޭޝަނަލް ނުވަތަ ނެޝަނަލް ލެވެލްގައި ކުރިއަށްގެންދިޔަ މިފަދަ ރަންތަކުގެ ތަފްސީލް( ކްލައިންޓް، ބައިވެރިންގެ އަދަދު، އިވެންޓް ބޭއްވި އަހަރު )
  • ފެނުގެ ދުވަހުގެ އިވެންޓް ކޮންސެޕްޓް އަދި މެތޮޑޮލޮޖީ

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 14 ޖަނަވަރީ 2020ވަނަ ދުވަހުގެ 12:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

07 ޖަނަވަރީ 2020
ހޯދާ