މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރނެޓް އަދި ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާއިބެހޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                      ނަމްބަރ: 331/331/2020/2(IUL)

އިޢުލާން

 

 

 އިންޓަރނެޓް އަދި ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާބެހޭ

 

           އިންޓަރނެޓް އަދި ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށްޓަކައި 400 އަކަފޫޓްގެ ބިމެއް ކުއްޔަށް ދިނުމަށް ބޭނުންވެގެން މިކައުންސިލުން ކުރި ނަމްބަރ: 331/331/2019/60(IUL) އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.  

 މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިބިން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަތަކުން 13 ޖަނަވަރީ 2020 ވަނަ ދުވަހުގެ  11:00 ގައި މިކައުންސިލްގެ އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 21 ޖަނަވަރީ 2020 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.

            ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

07 ޖަނަވަރީ 2020
ހޯދާ