ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވިލުފުށީގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ކައުންސިލުން ތ. ވިލުފުށީގައި ތަރައްޤީކުރަމުންދާ ކުޑަކުދިންގެ ޕާކުގެ ވޯކްވޭތައް ރޭނުމާއި، ގައު ޖެހުމާއި، ކުޅޭ ސާމާނު ރާވާ އޭރިޔާއަށް ވެލިއަޅައި ކޮމްޕެކްޓްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. މި މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.

 

ތާރީޚް

ގަޑި

ދުވަސް

ތަން

މަޢުލޫމާތު ދިނުން

13 ޖަނަވަރީ 2020

13:00

ހޯމަ

ކައުންސިލް އިދާރާ ކޮންފަރެންސް ރޫމް

އަންދާސީ ހިސާބު ހުށަހެޅުން

16 ޖަނަވަރީ 2020

13:00

ބުރާސްފަތި

ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމް

މިމަސައްކަތް ކުރުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

07 ޖަނަވަރީ 2020
ހޯދާ