ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-252329

 

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

 ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ސްޓޭކްހޯލްޑަރސް ރިލޭޝަންސް ސެކްޝަން

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

 

އެހެނިހެން އެލަވަންސް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  5. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ
  6. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1100 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މިއެޖެންސީން ރައްޔިތުންނަށް ދެމުންގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ އެހީގެ ޚިދުމަތްތައް ފަސޭހަކަމާ ފުރިހަމަކަމާއެކު ލިބިގަނެވޭނެފަދަ ގޮތަކަށް އެޖެންސީގެ ފްރޮންޓް އޮފީސްގެ މަސައްކަތްތައް ރާވައި ހިންގުން.
  2. އެޖެންސީ ރަސްމީ ބަންދުގަޑި ތަކުގައިވެސް އެޖެންސީގެ ކައުންޓަރުން ލިބެން ހުންނަ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ގާއިމްކުރެވިފައިވާ ޑިސްޕެޗް ކައުންޓަރުގެ މަސައްކަތްތައް ރާވައި ހިންގުން.
  3. އެޖެންސީ އިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާގުޅޭ އެކިއެކި ޕްރޮގްރާމްތަކާއި ދައުލަތުން ދެމުންގެންދާ އެހީތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެޖެންސީއަށް ގުޅާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންވާ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ޤާއިމުކުރެވިފައިވާ ކޯލްސެންޓަރުގެ މަސައްކަތް ރާވައި ހިންގުން.
  4. އެހީއަށް އެދި އެޖެންސީގެ ފްރަންޓް އޮފީހަށް ހުށަހަޅާ ފޯމުތައް ބަލައިގަނެ، ޑޮކިއުމެންޓް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުމާއި، ރަސްމީ ބަންދުގަޑިތަކުގައި އެޖެންސީއިން ދެމެންގެންދާ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ އަދި ފޯމުތައް ޑިސެޕެޗްކައުންޓަރުން ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމާއި ހަމަޖެހިފައިވާ އުސޫލުން އެމަސައްކަތްތައް ހިނގަމުންދާކަން މޮނިޓަރކުރުން.
  5. އެޖެންސީގެ ފްރަންޓް އޮފީސް، ކޯލް ސެންޓަރު އަދި ޑިސްޕެޗް ކައުންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެރިންގެ ލަފަޔާއެކު ރާވައި ހިންގުން.
  6. އެޖެންސީގެ ފްރަންޓް އޮފީސް، ކޯލް ސެންޓަރު އަދި ޑިސްޕެޗް ކައުންޓަރުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ކަމާބެހޭ ސެކްޝަންތަކާއި ގުޅިގެން ތަރައްޤީ ކުރުން.
  7. ކޯލްސެންޓަރަށް އަންނަ ކޮންމެ ފޯންކޯލް އަކަށް ފުރިހަމަ އަށް ޖަވާބުދާރީވާކަން ކަށަވަރުކުރުމާއި ކޯލްތައް  މޮނިޓަރ ކުރެވޭނެ އިންތިޒާމް ރާވައި ބެލެހެއްޓުން.
  8. އެޖެންސީގެ މަސައްކަތާއި ގުޅިގެން އެކުލަވާލަންޖެހޭ  ޕަބްލިކް ރިލޭޝަންސް ފްރޭމްވޯރކް އިސްވެރިންގެ އިރުޝާދުގެ ދަށުން އެކުލަވާލައި އެފްރޭމްވޯރކާ އެއްގޮތަށް ޕަބްލިކް ރިލޭޝަންސްގެ މަސައްކަތްތައް ރާވައި ހިންގުން.
  9. އެޖެންސީ އިން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ސްޓޭކްހޯލްޑަރސް އާއެކު ބާއްވަންޖެހޭ ގުޅުންތައް ޤާއިމުކުރުމާއި އެގުޅުންތައް އިތުރަށް ބަދަހިކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  10. ރައްޔިތުން މިއެޖެންސީއާއި މެދު ދެކޭގޮތް ދެނެގަނެ އެޖެންސީއަށް އޮންނަ އިތުބާރު ބޮޑުކޮށް ރައްޔިތުން އިޙްތިރާމްކުރާ އަދި ބަލައިގަންނަ އޮފީހަކަށް އެޖެންސީ ހެދުމަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން.
  11. އެޖެންސީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާއާއި ގުޅޭ ޕޭޖްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  12. އެޖެންސީއާއި ގުޅުންހުރި ދުވަސްތައް ފާހަގަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. މިގޮތުން ދުވަސްތަކާއި ގުޅޭ މަޢުލޫމާތު ތައްޔާރުކޮށް މުވައްޒަފުންނާއި އަދި ރައްޔިތުންނާއި ޙިއްޞާކުރެވޭނެ އިންތިޒާމް ރާވައި ހިންގުން
  13. އެޖެންސީގެ ފްރަންޓް އޮފީސް، ކޯލް ސެންޓަރު އަދި ޑިސްޕެޗް ކައުންޓަރުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި އެހީތެރިކަން ލިބޭނެ މަގުފަހިކުރުން.
  14. ސްޓޭކްހޯލްޑަރ ރިލޭޝަންސް ގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ކަންތައްތައް ޙައްލުކުރުމާއި މުވައްޒަފުންގެ އެޕަރައިޒަލް ހެދުން.

 

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަސްޓަމަރ ކެއަރގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަސްޓަމަރ ކެއަރގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނުވަތަ

 

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަސްޓަމަރ ކެއަރގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަސްޓަމަރ ކެއަރގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ނުވަތަ ކަސްޓަމަރ ކެއަރ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.  

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ)  އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނަށް ބަލައިގެން
  3. "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" ގެ މާރކްސް އަށް ބަލައިގެން
  4. މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ އަށް ބަލައިގެން
  5. އިންޓަވިއު އަދި ޕްރެކްޓިކަލްސް ގެ މާރކސް އަށް ބަލައިގެން
  6. މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް( އިންސައްތައަށްވުރެ މަތިވުން.

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  14 ޖަނަވަރީ 2020  ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] އަދި ފެކްސް 3003535 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.   އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

އިންޓަވިއު އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

އޮންނާނެ ތަނާއި،މުއްދަތު:         

 

"ވަޒީފާއަށް     ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު

ގޮތުގެ ޝީޓް (A2 ފޯމު)"

އާންމުކުރުން

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 2020 ޖަނަވަރީ 15 އާއި 2020 ފެބްރުވަރީ 16 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ.

 

 

 

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްމަނަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ،         3005353  އެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

05 ޖަނަވަރީ 2020
ހޯދާ