ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

                           

      ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ ކުރެހުންތަކާއި އެހެނިހެން މަޢުލޫމާތާއި އެއްގޮތަށް، ކ.ތިލަފުށީގައި ޤާއިމު ކުރާ 4 ފަންގިފިލާގެ ޕްރީ ފެބްރިކޭޓެޑް ޢިމާރާތެއްގެ އެންމެހައި މަސައްކަތްތަށް، އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV/2019/068)  އާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން މިފުރުޞަތު ހުޅުވާލެމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • މަޢުލޫމާތު ސާފުކުރުން: 12 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައި
  • ބީލަން ހުށަހެޅުމާއި ހުޅުވުން:ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 26 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

 

05 ޖަނަވަރީ 2020
ހޯދާ