ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އަނބުލެ އަތިރި" ފިނިމައިޒާން މަރާމާތުކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

1. ފުވައްމުލަކު ހޯދަޑު އަވަށު "އަނބުލެ އަތިރި" ފިނިމައިޒާން މަރާމާތުކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގައި ބަލާނީ ބީލަން ފޮތުގައިވާ ކަންތައްތަކަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރައްވަންޖެހިވަޑައިގަންނަވާނެއެވެ. ރަޖިސްޓްރީ ކުރެއްވޭނީ 05 ޖަނަވަރީ 2020 އިން  13ޖަނަވަރީ 2020 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައެވެ.

4. ރަޖިސްޓްރީކުރެއްވުމުން ބީލަންފޮތް އެފަރާތަކާއި ޙަވާލުކުރެވޭނެއެވެ.

5. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 13 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

6. ބީލަން ހުޅުވުން އޮންނާނީ  21 ޖަނަވަރީ 2020  ވާ އަންގާރަ ދުވަހުގެ13:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

31 ޑިސެންބަރު 2019
ހޯދާ