މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ސިސްޓަމް އެޑްމިނިސްޓްރޭޓަރ (ކޮންޓްރެކްޓް)

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

މަޤާމް:

01

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

1 އަހަރު

މުއްދަތު

މާލޭ ސިޓީ ކައުންސިލް އިދާރާ/ އައި.ސީ.ޓީ ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު : 10000.00 ރުފިޔާ

މުސާރަ:

މަހަކު: 2500.00 ރުފިޔާ

ސަރވިސް އެލަވަންސް: 

މަހަކު: 2500.00 ރުފިޔާ

ޓެކްނިކަލް އެލަވަންސް

(އިތުރުގަޑީގައި މަސައްކަތްކުރާނަމަ ފައިސާ ދެވޭނީ މުސާރައިގެ %75 އަށްވުރެ އިތުރު ނުވާގޮތެއްގެ މަތިންނެވެ).

އިތުރުގަޑި:          

  1. މި އިދާރާއަށް ހޯދަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި، ސޮފްޓްވެއަރ އަދި އައިޓީއާ ގުޅުންހުރި އެންމެހާ ތަކެތި ހޯދުމާއި، ސެކްޝަން ހިންގުމުގެ އުސޫލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލު ގެނައުމާއި ތަރައްގީކުރުން.

  2. އަލަށް ބަހައްޓަންޖެހޭ ސަރވާތައް ބެހެއްޓުމާއި އެ ސަރވާތައް ކޮންފިގަރ ކުރުން.

  3. މި އިދާރާގައި ބޭނުންކުރާ އެކި ސިސްޓަމްތަކުގައިވާ ޑޭޓާތަކާއި މައުލޫމާތުތަކުގެ ބެކަޕް ނެގުމާއެކު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.

  4. އެކްޓިވް ޑައިރެކްޓްރީ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.

  5. މި އިދާރާގެ ސަރވަރތަކާއި މިއިދާރާގައި ބޭނުންކުރާ އެންމެހައި ކޮމްޕިއުޓަރ ސިސްޓަމްތައް ވައިރަސްތަކުން ރައްކާތެރިކޮށް ބެލެހެއްޓުން.   

  6. މި އިދާރާގެ އައިޓީއާ ގުޅޭ އެންމެހައި ތަކެތި އެތެރެއާއި ބޭރުގެ ނުރައްކާތަކުން ރައްކާތެރިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މި އިދާރާގެ އިންޓަރނެޓުގެ ޚިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދީ ރައްކާތެރިކަމާއެކު، އިންޓަރނެޓް ވިއުގަ ބެލެހެއްޓުން.

  7. ސަރވަރތައް ބެކްއަޕްނަގައި ބެލެހެއްޓުމާއި، ނެޓްވަރކް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ކުރުން.

  8. މި އިދާރާގެ ކޮމްޕިޔުޓަރ ނެޓްވާރކް މެއިންޓެއިންކޮށް ބަލަހައްޓައި އިތުރު ކޮމްޕިޔުޓަރތަކަށް ނެޓްވަރކް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރުން.

  9. ޕްރިންޓަރ، ސްކޭނަރ، ކޮމްޕިޔުޓަރ ސިސްޓަމް، ލެޕްޓޮޕް، ޕްރޮޖެކްޓަރ، ވައިފައި ރައުޓަރ އަދި އައިޕީ ފޯނުތަކާއި މިނޫންވެސް އައި.ޓީއާ ގުޅޭ އެންމެހާ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކޮށް އެތަކެތި ބޭނުންކުރެވޭ ހާލަތުގައި އަބަދުވެސް ބެހެއްޓުން.

  10. މި އިދާރާގެ ކޮމްޕިޔުޓަރ ނެޓްވާރކަށް ދިމާވާ އެންމެހާ މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ޙައްލުކުރުން.

  11. މި އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރަންޖެހޭ މަޢުލޫމާތުތަކާއި އެހެނިހެން ލިޔުންތައް އަޕްލޯޑް ކުރުމާއި، އެ މަސައްކަތް ކުރާނެގޮތް އެހެން މުވައްޒަފުންނަށް ކިޔައި ދިނުން.

  12. އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި، އެންމެ އެކަށޭނަ ގޮތެއްގައި އެތަކެތި ބޭނުން ކުރެވޭނެ ގޮތްތައް ހޯދާ، ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރުން.

  13. މަސައްކަތް ކުރަން ގެންގުޅޭ ޓޫލްތަކާއި، ލައިސަންސް ކީ އަދި ސީރިއަލްކީ ފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.

  14. މި އިދާރާގެ އީ-މެއިލް ސިސްޓަމް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސިސްޓަމް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން ނުވަތަ މިނޫންވެސް ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުން ހުރި ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

  1. ފުރިހަމަ ކުރައްވާފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި އިދާރާގެ ވެބްސައިޓް www.malecity.gov.mv  އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).

  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު    %25

  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން

  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  %25

  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން %40

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިއުންތައް ހުށަހަޅާނީ 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން މާލޭ ސިޓީ ކައުންސިލް އިދާރާގެ  މައްޗަންގޯޅި އޮފީހަށެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ. އިންޓަރވިއު  އޮންނާނީ  19 ޖެނުއަރީ 2020 އާއި 23 ޖެނުއަރީ 2020 އާ ދެމެދު މާލޭ ސިޓީ ކައުންސިލް އިދާރާ (މަށްޗަންގޮޅީ އޮފީސް) ގައެވެ.

އިންޓަރވިއުކުރުން.

 

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ.

05 ޖަނަވަރީ 2020
ހޯދާ