ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް ފަރުމާކޮށް ބީ.އޯ.ކިއު ހެދުމާއި ގުޅޭ

އިޢުލާން

ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް ފަރުމާކޮށް ބީ.އޯ.ކިއު ހެދުމާއި ގުޅޭ

         ހޯރަފުށީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް ފަރުމާކޮށް ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭގޮތުން ކޮށްފައިވާ މި އިދާރާގެ ނަމްބަރު:  (IUL)247-EDSS/247/2019/116 (22 ޑިސެމްބަރ 2019) ގެ އިޢުލާނުގައިވާ މަޢުލޫމާތު ސާފުކުރުމާއި  އަންދާސީ ހިސާބު ހުށަހެޅުން ތިރީގައި މިވާގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު ދޫކުރުން

އޯކިޑުވިލާ ކޮންފަރެންސް ހޯލް

07.01.2020

އަންގާރަ

11:30

އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި

އޯކިޑުވިލާ ކޮންފަރެންސް ހޯލް

15.01.2020

ބުދަ

11:30

                އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ޙަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ޖެހޭނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                10 ޖުމާދަލްއޫލާ 1441

                05  ޖަނަވަރީ  2019

05 ޖަނަވަރީ 2020
ހޯދާ