ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ލޭބަރަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3240 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 123 (ސ. ފޭދޫ) ފިހާރަ / ޕީޕަލްސް ޗޮއިސް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާ އާއި، -/2500 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • މުދާ ލޯޑިންގ އަދި އަން ލޯޑިންގެ ކަންތައް ބެލެހެއްޓުން
  • ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމުގައި އެހީތެރިވުން
  • ފިހާރައިގެ އެތެރެއާއި ބޭރު ފޮޅާ ސާފުކޮށް ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުތު

  • އަސާސީ ތައުލީމު ފުރިހަމަ ކޮށްފައިވުން  ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ޖަނަވަރީ 12 ވަނަ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، އެސްޓީއޯގެ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344245 / އީމެއިލް އެޑްރެސް:[email protected]

 

 

 

05 ޖަނަވަރީ 2020
ހޯދާ