ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އުތުރުކޮޅުން ފެންބޭރުކުރުމަށް ހޮޅިލައިނެއް އެޅުން

ވިއްސާރަ މޫސުމުގައި ރަށުގެ ފެންބޮޑުވެ ރަށުގެ އުތުރުކޮޅަށް ފެންތައް ޖަމާވާތީ، މިފެން ބޭރުކުރުމަށް މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކާނުވަޅުލައި ހޮޅިލައިނެއް އަޅިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 ޖަނަވަރީ 2020ވާ ބުދަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 12 ޖަނަވަރީ 2020ވާ  އާދިއްތަ ދުވަހުގެ 13:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޑިސެންބަރު 2019
ހޯދާ