މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ

 (IUL)10-C/10/2019/172 :ނަންބަރު

 

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-309929

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އެލްޖީ ސަޕޯޓް ސެކްޝަން/ ކ. މާލެ

މުސާރަ:

މަހަކު  8,835.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ ޑިވެލޮޕްމަންޓް ސްޓަޑީޒް/ ޕޮލިޓިކަލް ސައިންސް / ސޯޝަލް ވޯރކް / ސޯޝިއޮލޮޖީ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: މަޤާމުގެ ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1,100.00ރުފިޔާ ހަމަޖެހޭނެއެވެ.
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލޯކަލް ގަވަރނަންސް ސަޕޯރޓް ސެކްޝަންގެ މަސައްކަތްތައް ބެލެހެއްޓުން
  2. ޤައުމީ ތަރައްޤީގެ ޕްލޭނާ ކައުންސިލްތަކުގެ ޕްލޭންތަކަށް ބަލައިގެން އަތޮޅުތަކަށް ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ދާއިރާތައް ދެނެގަތުމަށްޓަކައި ލޯކަލް ގަވަންމަންޓް އޮތޯރިޓީއާ ގުޅިގެން ދިރާސާކޮށް މައުލޫމާތު އެއްކުރުން.
  3. ކައުންސިލުތަކުގެ ފެސިލިޓީތަކާއި އާންމު ހާލަތު ދެނެގަތަމަށް ހަދަންޖެހޭ ދިރާސާތައް ހެދުން.
  4. އެކި ސެކްޓަރތަކުގެ ބަޖެޓް ދިރާސާކޮށް ކައުންސިލްތަކަށް ކަނޑައެޅޭ މިންވަރު ދެނެގަނެ އަދި ކައުންސިލްތަކަށް އެކަށޭނެ ފައިސާ ކަނޑައެޅުމަށް ބާރުއެޅުން.
  5. އަތޮޅުތަކުގެ އިންފްރާސްޓަކްޗަރ ގާއިމްކުރާ އިރު ހަމަހަމައުސޫލެއް /ފެންނަ އޮންނަ ކްރައިޓީރިއާއަކަށް ބޭސްކުރެވިފައި ހުރިތޯ ބެލުން ( މަގުހެދުން/ނަރުދަމާ ނިޒާމް).
  6. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމާއި އެނިޒާމު ހަރުދަނާކުރަން ޤާނޫނާއި ޤަވާއިދުތައް މުރާޖާކުރުމާއި ގެނެވޭނެ އިޞްލާހްތައް ފާހަގަކުރުން.
  7. ދާއިރާތަކަށް އަމާޒުވާގޮތައް ބޭނުންވާ ފަންނީ އެހީތެރިކަން އަތޮޅު/ސިޓީ ލެވަލްގައި ފޯރުކޮށްދިނުން، ނުވަތަ އެހެން މުއައްސަސާތަކުގެ ފަންނީ އެހީތެރިކަން އަތޮޅަކަށް/ސިޓީއަކަށް ފޯރުކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުން.
  8. ލާމަރުކަޒީ ނިޒާމު އަތޮޅު ލެވަލްގައި ހަރުދަނާ ކުރުމުގައި އަތޮޅެއް ކަނޑައަޅާ، އެއަތޮޅަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކިދާއިރާތަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދީ، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގުން.
  9. ޤައުމީ ތަރައްޤީގެ ޕްލޭންގެ އަމާޒުތަކަށް ވާޞިލުވުމަށް އިދާރީ ދާއިރާގެ އިދާރީހިންގުން ހަރުދަނާކުރުމާއި ތަރައްޤީކުރަން ސިޔާސަތު ކަނޑައަޅަން ބޭނުން މައުލޫމާތު އެއްކުރުން އަދި އެކަމުގެ އިންތިޒާމު ހަމަޖެއްސުން.
  10. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ތަރައްޤީކުރަން ސެކްޓަރތަކުން ލަފާހޯދަން ބޯޑެއް އެކުލަވާލައި ބޯޑުގެ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  11. ޤައުމީ އިދާރާތަކުން އިދާރީ ދާއިރާގައި ޚިދުމަތް ދިނުމައްޓަކައި އިންތިޒާމްތައް ހަމަޖެއްސުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  12. ސެކްޓަރއަކުން އަތޮޅެއްގައި ހިންގޭ މަޝްރޫޢު/ޕްރޮގުރާމުތަކުގެ މަޢުލޫމާތު ކައުންސިލްތަކަށް ފޯރުކުރިތޯ ބެލުމާއި މަޝްރޫޢާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން  
  13. ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓްރީކޮށްދީ، އެކަމާބެހޭ މަޢުލޫމާތު ބެލެހެއްޓުން.
  14. މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން

 

މަޤާމުގެ ޝަރުޠުތައް:

  1. ޑިވެލޮޕްމަންޓް ސްޓަޑީޒް / ޕޮލިޓިކަލް ސައިންސް / ސޯޝަލް ވޯރކް / ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސޯޝަލް ސާވިސަސް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ޑިވެލޮޕްމަންޓް ސްޓަޑީޒް / ޕޮލިޓިކަލް ސައިންސް / ސޯޝަލް ވޯރކް / ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސޯޝަލް ސާވިސަސް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޕްރެޒެންޓޭޝަނާއި، އިމްތިހާން / ޕްރެކްޓިކަލް އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެކްޓިކަލް / އިމްތިހާން އާއި ޕްރެޒެންޓޭޝަން އޮންނާނީ، 2020 ޖަނަވަރީ 22 އާއި ފެބްރުވަރީ 06 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރީގައި އަދި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

05 ޖުމާދަލްއޫލާ   1441

31 ޑިސެންބަރު 2019
ހޯދާ