ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިލެންޑް އެކްސްޕާޓަށް ދޫކުރި ބިމުގައިވާ ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އައިލެންޑް އެކްސްޕާޓަށް ދޫކުރި ބިމުގައިވާ ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މި ކަމަށް ޝަރުތުފުރިހަމަވާ އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރީގެ އުސޫލުން ރަޖިސްޓްރީ ވެފައިވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.

1 މި ބީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން 31 ޑިސެމްބަރ 2019 އިން 09 ޖެނުއަރީ 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

2 – މި ބީލަމާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 12 ޖެނުއަރީ 2020 ވާ (އާދީއްތަ) ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

3 – ބީލަން ހުޅުވުން އޮންނާނީ 19 ޖެނުއަރީ 2020 ވާ (އާދީއްތަ) ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި  ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 ބީލަމެވެ.

4 – އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރ 6528831 އަދި 6527174 އިން ލިބިވަޑައިގަންނަވާނެއެވެ.

30 ޑިސެންބަރު 2019
ހޯދާ