މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ހުސްވެފައިވާ މަޤާމް (އެޑްމިނިސްޓްރޭޓިވް އޮފިސަރ) މީހަކު ހޯދުމާބެހޭ

 

އިއުލާން

ވަޒީފާގެ ފުރުޞަތު 

މި އިދާރާގެ ހުސްވެފައިވާ މަޤާމް (އެޑްމިނިސްޓްރޭޓިވް އޮފިސަރ) މީހަކު ހޯދުމާބެހޭ

ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:                   އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:            J-220581

ބޭނުންވާ އަދަދު             :1

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ރޭންކް:               ޖީ.އެސް 3 

މަޤާމުގެ ކްލެސިފިކޭޝަން:        އޮފިސަރ ޤްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:        މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން / ޔުނިޓް:          ކޯޕަރޭޓް އެފެއާޒް ޔުނިޓް

މުސާރަ:                   4465.00 ރުފިޔާ  (މަހަކު)

ސަރވިސް އެލަވަންސް:          1500.00 ރުފިޔާ (މަހަކު)

ސަޕޯޓިން ކޯ އެލަވަންސް 2:       700.00 ރުފިޔާ (މަހަކު)

އިތުރު އިނާޔަތްތައް:

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          މީގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

 

 

  1. ކައުންސިލްގެ އިދާރާއަށް ލިބޭ ތަކެތި ބަލައިގަނެ އެ ތަކެތި އެންޓްރީކޮށް، ޖަވާބު                                                                                            ފޮނުވަންޖެހޭ ލިޔެކިއުންތަކުގެ ޖަވާބު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ޢާންމު އިޢުލާން،                                                                                      ދެންނެވުންތައް ތައްޔާރުކޮށް ޢާންމުކުރުން، އަދި އޮފީހުން ބޭރަށް ފޮނުވަންޖެހޭ ތަކެތި އެތަކެތި                                                                            ފޮނުވަންޖެހޭ ފަރާތްތަކަށް ފޮތުގައި ލިޔެ ފޮނުވުން.
  2. ކައުންސިލް އިދާރައިގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވޯކްޝޮޕްފަދަ                                                                                        ކަންކަމާގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން އިންތިޒާމް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން
  3. މުވައްޒަފުންގެ ޗުއްޓީ ރިކޯޑް، ހާޟިރީ ރިޕޯޓް ސިސްޓަމް މެދުވެރިކޮށް ތައްޔާރުކުރުމާއި، ދުވަހުން                                                                               ދުވަހަށް މުވައްޒަފުންގެ ރެކޯޑްތަށް އަޕްޑޭޓް ކުރުން
  4. ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން މުވައްޒަފުން ވަޒީފާއަށް ނެގުމުގެ އެންމެހާ                                                                                   ކަންކަން ކުރުމާއި، މުވައްޒަފުންގެ ފެންވަރު ބެލުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  5. ކައުންސިލް އިދާރާގެ ކޮންޕިއުޓަރތަކަށާއި އަދި އައި.ޑީ.ކާޑް ސިސްޓަމަށް ޖެހޭ މައްސަލަތަށް                                                                                     ދެނެގަނެ ކައުންސިލަށް ބޭނުންވާ ސޮފްޓްވެއަރތަށް އެޅުމާއި އަދާހަމަކުރުން
  6. ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓްތަށް                                                                                   ތައްޔާރުކުރުމާއި، ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓްތަށް ފޮނުވުން.
  7. ކައުންސިލުން އެކި އެކި ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމާއި،                                                                               ކައުންސިލްގެ ޖަލްސާ އަދި ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ތައްޔާރުކޮށް ފައިލްކުރުން
  8. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ޒޯން ޑްރައިވިން ލައިސަންސް އަދި އެއްގަމު އުޅަނދުފަހަރުގެ                                                                                  ލައިސަންސް ހިދުމަތް ދިނުމުގެ އިދާރީ އެންމެހާ މަސައްކަތް ކުރުން
  9. ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ                                                                               ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

                                                                                                                                                  

 

ޝަރުތު:

1-       ސާނަވީ ނުވަތަ އެ އާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު،

 އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'

މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވީސްގެ ވަޒީފާއަށް އެދޭ ފޯމް (މި ކައުންސިލްގެ އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށު ލިޔުންތަށް

ފެންނަ، ލިޔެފައިވާ ލިޔުންތަށް ކިޔަން އެނގޭ ފަދަ ކޮޕީ.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް

ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ

މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު

ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ

ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ

ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވީސް ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި

ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ،

އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،

ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް

އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ.) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުޏެއްގައި މަސައްކަތްކޮށްފައިވާނަމަ،

އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް

ކެޓަގަރީގެ ޖުމްލަ އިންސައްތަ

(%) އިންސައްތަ

ދެވޭނެ އެންމެމަތީ މާކްސް

ބެލޭނެ ބައިތައް

ދާއިރާ

 

40

35

35

ލިބިފައިވާ ތަޢުލީމް

 

ތަޢުލީމާއި ތަމްރީނު

5

30

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

5

5

12

ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން

އިމްތިޙާން

10

10

33

މަޤާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާ

 

މަސައްކަތުގެ ތަޖުރިބާ

45

45

100

އިންޓަވިއު / ޕްރެކްޓިކަލް

ލިބިފައިވާ ހުނަރު

100

100

210

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 13 ޖަނަވަރީ  2020 ވާ ހޯމަ ދުވަހުގެ 14:00ގެ   ކުރިން މިލަދުންމަޑުލު

ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށް ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު

ހުށަހެޅުއްވުން އެދެމެވެ. ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން 

ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް  މިއިދާރާގެ

ނަންބަރ 6560018 ފޯނާ ގުޅުއްވުން އެދެމެވެ.  ވަޒީފާއަށް އެދޭ ފޯމާއި

ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް

އެޑްރެހަކީ [email protected] އެވެ. އިއުލާން ސުންގަޑި

ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،

އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.                                                                                                                                                                                                                                                                                                     

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުތެރެއިން އަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ

ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝަރުތު ހަމަވާ

ފަރާތްތަކުގެ އަދަދު 10 އަކަށްވުރެން ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ

ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 16 ޖަނަވަރީ 2020 އާއި 23 ޖަނަވަރީ 2020

އާއި ދެމެދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،

އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް

ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑްގައި އާންމުކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2  ފޯމް އާންމުކުރާ

ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ފޯން ނަންބަރ 6560018 އަށެވެ. އަދި

އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް

މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަށް އަދި އެ އުޞޫލުތަކާ ގުޅުންހުރި

އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ

"އައްޔަނުކުރުމުގެ އުޞޫލާގުޅޭ"   (http://www.csc.gov.mv/dv/recreuitment-usoolu)

އިން ލިބެން ހުންނާނެއެވެ.

 

 

 

 

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.

                                05 ޖުމާދިލްއޫލާ 1441

                                31 ޑިސެންބަރ 2019

                                                              ހުސައިން އަބޫބަކުރު

                                                           ކައުންސިލްގެ ނައިބް ރައީސް

 

31 ޑިސެންބަރު 2019
ހޯދާ