ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، އޮޑިޓް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް

މަޤާމު:

ޑިރެކްޓަރ، އޮޑިޓް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް

ރޭންކު:

CSC6-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕްރޮފެޝަނަލްސް

ޑިވިޜަން/ސެކްޝަން:

އޮޑިޓް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް

މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް އިދާރާތައް އޮޑިޓުކުރުމާ، ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން

މުސާރަ:

މަހަކު -/11390 ރުފިޔާ

ސަރވިސް އެލަވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3986.5 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ހިއުމަން ރިސޯސް މެނޭޖްމަންޓް، އޮޑިޓިންގ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ރޮނގުން މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައި ވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، އޮޑިޓިންގ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ރޮނގުން ބެޗެލަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް މެނޭޖްމަންޓްގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތާގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

ހިއުމަން ރިސޯސް މެނޭޖްމަންޓް، އޮޑިޓިންގ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ރޮނގުން ބެޗެލަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް މެނޭޖްމަންޓްގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތާގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2020 ޖަނަވަރީ 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސްގެ އިދާރާތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ކުރުމާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ކޮމްޕްލަޔަންސް އޮޑިޓް ކުރުމާއި ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމާއި، އަދި ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. ސިވިލް ސަރވިސްގެ އިދާރާތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްތައް އެކުލަވާލުމަށްފަހު ކޮމިޝަނަށް ހުށަހަޅައި ނިންމާގޮތެއްގެ މަތިން ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ފޮނުވައި ނިންމުންތައް ތަންފީޒުކުރަން އެންގުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  4. ކޮމްޕްލަޔަންސް އޮޑިޓް ކޮމިޓީގެ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  5. ކޮމްޕްލަޔަންސް އޮޑިޓް ޓީމްތަކުގެ އިދާރީ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  6. ކޮމްޕްލަޔަންސް އޮޑިޓަށް ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމާއި އިދާރީގޮތުން އެ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން
  7. ކޮމްޕްލަޔަންސް އޮޑިޓް ކުރުމުގައި ފާހަގަކުރެވޭ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ހިންގުމުގައި ދިމާވާ ދަތިތައް ހޯދައި، ގަވާއިދާއި އުސޫލުތަކަށް ގެންނަން ފެންނަ އިސްލާހުތަކާގުޅޭ މައުލޫމާތު ކޮމިޝަނަށާއި ކަމާބެހޭ ކޮމިޝަނުގެ އިދާރާގެ ސެކްޝަންތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން
  8. ކޮމްޕްލަޔަންސް އޮޑިޓް ކުރެވުނު އިދާރާތަކުގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވުނު މައްސަލަތައް ޙައްލުކުރުމަށް ދެވިފައިވާ މުއްދަތުތަކަށް ކަންކަން ނިންމާފައިވޭތޯ ބަލާ ރިވިއުކުރުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން
  9. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ އިންސާނީ ވަޞީލަތްތަކުގެ ޙާލަތު ދެނެގަތުމާއި ކަނޑައަޅާފައިވާ މެންޑޭޓް ޙާޞިލްކުރެވޭ މިންވަރު ދެނެގަތުމަށް ހިއުމަން ރިސޯސް އޮޑިޓްކުރުމަށް ކޮމިޝަނުން ނިންމައިފިނަމަ، ހިއުމަން ރިސޯސް އޮޑިޓްކުރާނެ މިންގަނޑުތަކާއި އުޞޫލުތައް އެކުލަވާލުމާއި، އެ އާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  10. ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނުވަތަ ކޮމިޝަނުން ނިންމާ ނިންމުމަކާ ގުޅިގެން ކުރަންޖެހޭ "ޚާއްޞަ އޮޑިޓް" ކުރާނެ އުޞޫލުތައް އެކުލަވާލުމާއި، ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގައި "ޚާއްޞަ އޮޑިޓް" ކުރުމާއި، ރިޕޯޓް އެކުލަވާލުމާއި، ކޮމިޝަނާއި އެ އިދާރާއަކާ ޙިއްސާކުރުމާއި ޚާއްޞަ އޮޑިޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  11. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނުވަތަ ކޮމިޝަނުން ނިންމާ ނިންމުމަކާ ގުޅިގެން ނުވަތަ ބޭނުންވެއްޖެ ޙާލަތެއްގައި "ސްޕޮޓް ޗެކް" ކުރާނެ މިންގަނޑުތަކާއި އުޞޫލުތައް އެކުލަވާލުމާއި، ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގައި "ސްޕޮޓް ޗެކް" ކުރުމާއި، ރިޕޯޓް އެކުލަވާލުމާއި، ކޮމިޝަނާއި އެ އިދާރާއަކާ ޙިއްސާކުރުމާއި ސްޕޮޓްޗެކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  12. ސިވިލް ސަރވިސް ގެ އިދާރާތަކުން "ވިއުގަ 2.0" އިންނާއި އެހެނިހެން ގޮތްގޮތުން ހިންގާ ވަޒީފާއާބެހޭ ކަންތައްތަކުގެ ޕޯސްޓް އެމްޕްލޯއިމަންޓް އޮޑިޓް ކުރެވޭނެ އުސޫލުތައް އެކުލަވާލައި އާންމުކުރުން، އަދި ޕޯސްޓް އެމްޕްލޯއީމަންޓް އޮޑިޓް ކުރުމާއި އިސްލާހުކުރަންޖެހޭ ކަންތައްތައް އިދާރާތަކަށް އެންގުން
  13. ސެކްޝަނުން ހިންގާ އޮޑިޓްގެ މަސައްކަތްތައް ހިނގައިދިޔަ ގޮތާއި، އެ ކަމުގައި ފާހަގަ ކުރެވޭ ކަންތައްތަކުގެ މައްޗަށް ބަލައި އަހަރީ ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއް ނިމުމުން ކޮމިޝަނަށް ހުށަހެޅުމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  14. ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމެއް ގާއިމްކޮށް، މި ކަން ކުރިޔަށް ގެންދާނެ އުޞޫލުތަކާއި އިޖުރާޢަތްތައް އެކުލަވާލައި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހާ ކަންކަން ސިވިލް ސަރވިސްގެ އިދާރާތަކާ ގުޅިގެން ރާވައި ހިންގައި ބެލެހެއްޓުން.
  15. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާގުޅޭ އެންމެހައި މައުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން
  16. ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާ ގުޅިގެން އެއްވެސް ކަހަލަ ރިވޯޑެއް (މިސާލު: ބޯނަސް / ޕްރޮމޯޝަން / ހަނދާނީ ލިޔުން ދިނުން) ދިނުމަށް ކޮމިޝަނުން ނިންމައިފިނަމަ، އެ ކަމާގުޅޭ ދިރާސާތައްކޮށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލައި އެ ކަންތައް ރާވައި ހިންގައި ބެލެހެއްޓުން.
  17. "ޕަރފޯމަންސް އެޕްރައިސަލް ކޮމެޓީ" އެއް އެކުލަވާލައި، އެ ކޮމެޓީގެ މަސައްކަތްތައް ރާވައި ހިންގުން އަދި ސިވިލް ސަރވިސްގެ ޕަރފޯމަންސް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  18. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅުންހުރި އެންމެހައި ކަންތައްތައް ހިނގާދިޔަ ގޮތާގުޅޭގޮތުން ކޮންމެ އަހަރަކު ރިޕޯޓެއް އެކުލަވާލައި ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  19. ދިވެހި ސިވިލް ސަރވިސްގައި މަސައްކަތަށްފަހި އަދި މަސައްކަތަށް ޝައުޤުވެރި ވާ ފަދަ މާހައުލެއް ޤާއިމް ކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް ކޮމިޝަނަށް ހުށަހަޅައި، ނިމޭ ގޮތެއްގެ މަތިން އަމަލުކުރަމުން ގެންދިޔުމުގެ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  20. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ އޯގަނައިޒޭޝަނަލް ޕަރފޯމަންސް އެސެސްކުރުމާއި ގުޅޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  21. އޯގަނައިޒޭޝަނަލް ޕަރފޯމަންސް އެސެސްކުރުމަށް ބޭނުންވާ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލައި، ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ގެނައުމާއި، އެކަންތައްތައް ހިންގައި ބެލެހެއްޓުން.
  22. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުން އެ އިދާރާތަކާ ހަވާލު ކުރެވިފައިވާ މެންޑޭޓާއި މަޤުޞަދުތައް ހާސިލް ކުރަމުން ގެންދާ މިންވަރު ބަލާ ވަޒަންކޮށް ދެނެގަތުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
  23. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅާފައިވޭތޯ ބެލުމާއި، އެ މިންގަނޑުތަކާއި އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދޭތޯ ބެލުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
  24. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ރަނގަޅު އިދާރާތައް ފާހަގަކުރެވޭނެ ނިޒާމެއް ގާއިމުކޮށް ވަޒަންކުރުން އަދި މި ކަމަށް ހިއްވަރު ދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ރާވާ ހިންގައި ބެލެހެއްޓުން.
  25. ސިވިލް ސަރވިސްގެ މަސްއޫލު އިދާރާތަކުގައި ގާއިމުކުރެވިފައިވާ "ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީ" ތަކުގެ މަސައްކަތްތަކާއި ހިންގާނެ އުޞޫލުތައް އެކުލަވާލުމާއި، އެ ކޮމެޓީތަކާބެހޭ މަޢުލޫމާތު ބެލެހެއްޓުމާއި، ކޮމެޓީތައް ބާރުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
  26. އޯގަނައިޒޭޝަނަލް ޕަރފޯމަންސް މަތިކުރުމަށް އަދި ކުރިއެރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ދިރާސާތައް ހަދައި، އައު ކަންތައްތައް ތަޢާރަފުކުރުން އަދި އެ ކަންކަން ދިރުވައި ބެލެހެއްޓުން.
  27. އޯގަނައިޒޭޝަނަލް ޕަރފޯމަންސް ތަރައްޤީކޮށް ކުރިއެރުވުމަށް އިދާރާތަކަށް ބޭނުންވާ ފަންނީ ލަފަޔާއި ތަމްރީނުތައް ރާވާ ހިންގައި ބެލެހެއްޓުން.
  28. ސިވިލް ސަރވިސް ރިފޯމް މެނުއަލްގެ މިންގަނޑުތައް ސިވިލް ސަރވިސްގެ އިދާރާތަކުގައި ތަންފީޒުކުރުމާބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
  29. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  30. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތަތައް ކުރުން.
  31. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ: 20)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައަޅާފައިވާ އިންސައްތަ: 15)
  • ލިބިފައިވާ ހުނަރު، ފެންވަރު، ގާބިލުކަން އަދި ސިފަ (ކަނޑައަޅާފައިވާ އިންސައްތަ: 65)
    • އެޕްޓިޓިއުޑް ޓެސްޓް - 10 އިންސައްތަ
    • ޤާނޫނާއި ގަވާއިދު ޓެސްޓް - 10 އިންސައްތަ
    • ހިންގުމުގެ ހުނަރު ޓެސްޓް - 10 އިންސައްތަ
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35 އިންސައްތަ

 

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް 2020 ޖަނަވަރީ 10 ން 2020 ޖަނަވަރީ 30 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު އާއްމުކުރުން އަދި ޝަކުވާ ހުށަހެޅުން

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މަޢުލޫމާތު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307307 ނުވަތަ 3307358 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

4 ޖުމާދަލްއޫލާ 1441ހ

30 ޑިސެންބަރު 2019                         

 

30 ޑިސެންބަރު 2019
ހޯދާ