އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީ ޓާމިނަލް އެޅުމަށް ކަނޑައެޅިފައިވާ ބިމުގައިހުރި ތަކެތި ނެގުމާގުޅޭ

      މިރަށު ފެރީޓާމިނަލް އެޅުމަށް ކަނޑައެޅިފައިވާ ބިމުގައި މަސްވެރިކަންކުރާ އުޅަނދުފަހަރުން މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތައް ވަގުތީގޮތުން ބެހެއްޓުމުގެ ހުއްދަ ދިނުމަށް ވަނީހަމަޖެހިފައެވެ.

    ވީމާ މިރަށު ފެރީޓާމިނަލް އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި މަސްވެރިކަން ކުރުމަށް ބޭނުންވާ އާލަތްތައް ވަގުތީގޮތުން ބެހެއްޓުމަށް ބޭނުންވެލައްވާ ފަރާތްތަކުން މިކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މިރަށު ފެރީޓާމިނަލް އެޅުމަށް ކަނޑައެޅިފައިވާ ބިމުގައި މިވަގުތު ބަހައްޓާފައިވާ އަމިއްލަ ފަރާތްތަކުގެ އެންމެހާތަކެތި މިއަދުންފެށިގެން 10 ދުވަހުގެ ތެރޭގައި ނަގާ ސާފުކުރުމަށް އަންގަމެވެ.  

30 ޑިސެންބަރު 2019
ހޯދާ