މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ފަރާތުން ދައްކާ ގޭގޭގެ ކަން 10 ފޫޓުން ރޭޑިއަސް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

          އުނގޫފާރު، ދިވެހިރާއްޖެ                                      ނަންބަރު: IUL)303-AS/2019/78)           

އިޢުލާން

 މިކައުންސިލްގެ ފަރާތުން ދައްކާ ގޭގޭގެ ކަން 10 ފޫޓުން ރޭޑިއަސް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

        

           މިކައުންސިލްގެ ފަރާތުން ދައްކާ ގޭގޭގެ ކަން 10 ފޫޓުން ރޭޑިއަސް ކުރުމަށް އެދޭފަރާތް ތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 06 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. 10 ފޫޓުން ކަން ވައްކުރުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. 10 ފޫޓްން ކަން ރޭޑިއަސް ކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި "  ގޭގޭގެ ކަން 10 ފޫޓުން ރޭޑިއަސްކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ މެންބަރ ހުސައިން އާސިފްގެ ނަމްބަރ 9978600 ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ކަންވައްކުރުމަށް އެދި ހުށަހަޅާ އަގަށް        ( އަށްޑިހަ މާކުސް )
  2. މުއްދަތު                          ( ދިހަ މާކުސް )
  3. މާލީތަނަވަސްކަމަށް                   ( ފަސްމާކުސް )
  4. ތަޖުރިބާއަށް                       ( ފަސްމ،ާކުސް )

        ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

        29  ރަބީޢުލްއާހިރު 1441     

        26 ޑިސެމްބަރ 2019   

29 ޑިސެންބަރު 2019
ހޯދާ