ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ނީލަން ކިއުމާއި ގުޅޭ

ތިރީގައިމިވާ ސަރަހައްދުތަކުގައިވާ  ރުއްގަސްތަކުގެ ނީލަންކިޔުން 05 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހު އެބިންތަކުގައި އޮންނާނެއެވެ.

  • ފުނާޑު މަންޒިލްގޯޅީގެ އިރުމަތީ ފަރާތުގައި ނަންބަރު 01،02،03،04،05 ޖަހާފައިވާ ރުއްތަކުގެ ނީލަންލިޔުން 05 ޖަނަވަރީ 2020 (އާދީއްތަ) ދުވަހު 9:00 ގައި އެބިމުގައި އޮންނާނެއެވެ.
  •  ފުނާޑު ރަވަތަ ގޯތީގެ އިރުން ނިކަގަސްހިނގުމުގެ ހުޅަނގުން އިންވެގެން އޮތް ފުނާޑު ފިނިފެންމާގެ އަންވަރީ ޙަސަންގެ ގޯތީގައިވާ ނަންބަރު 01 ޖަހާފައިވާ ރުއްގަހުގެ ނީލާންކިޔުން 05 ޖަނަވަރީ 2020 (އާދީއްތަ) ދުވަހު 9:15 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ޖަނަވަރީ 2020 ވަނަ ދުވަހު މަތީގައި ބަޔާންކުރެވިފައިވާ ގަޑިތަކަށް އެބިންތަކަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަންނަންގަވާ ފަރާތްތަކުން 06 ޖަނަވަރީ 2020 ދުވަހު 12:00 ގެކުރިން ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން  (ކުރީގެ ފުވައްމުލަކު އޮފީސް) ގެ އިދާރާއަށް ފައިސާ ދައްކަވައި 07 ޖަނަވަރީ 2020 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއް ކަނޑައި ރުކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެއްތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

29 ޑިސެންބަރު 2019
ހޯދާ