ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުމަށް ތިރީގައިވާ މިދަންނަވާ އުޅަނދުތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-LOG/IUL/2019/086

 

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުމަށް ތިރީގައިވާ މިދަންނަވާ އުޅަނދުތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޕަރޭޝަނުން ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދުތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

1-   އެކްސްކެވޭޓަރ (3)

2-   ޑަމްޕް ޓްރަކް (2)

ބީލަން ހުށަހަޅުއްވާއިރު މައުލޫމާތު ކަރުދާހުގައިވާ އިރުޝާދާއި އެއްގޮތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 (ފަންސާސް ހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަމުގެ މުއްދަތު ހަމަވާ ތާރީޚުން (ބީލަމުގެ މުއްދަތު ހަމަވާ ތާރީޚް: 15ދުވަސް) ފެށިގެން މަދުވެގެން 30 ދުވަހުގެ މުއްދަތެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި "ބޭންކް ގެރެންޓީ ސިޓީ" އަދި "ބޭންކް ގެރެންޓީ ޗެކް" ޤަބޫލުކުރެވޭނެއެވެ.

ވީމާ، މި ބީލަމުގެ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި، ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

ދުވަސް

ގަޑި

ތަން

ބީލަން ހުށަހެޅުން

31 ޑިސެމްބަރ 2019 (އަންގާރަ)

11:00 (ހެނދުނު)

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

 

31 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ކަރުދާސް މި އިޢުލާނާއި އެއްކޮށް އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މައުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804  ، ފެކްސް ނަންބަރު:  3000584 

[email protected]

 29 ރަބީޢުލްއާޙިރް 1441

                     26 ޑިސެމްބަރ 2019                   

 

26 ޑިސެންބަރު 2019
ހޯދާ