ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުކައި ހުރި ބައެއްތަކެތި ނީލަންކިޔުމަށް

މި މަރުކަޒުގައި ހުރި ބައެއްތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރ  GS24/IUL/2019/53 (08 ޑިސެންބަރ 2019) އިޢުލާނާއި ގުޅިގެން ބޭއްވުނު ނީލަމުގައި ނުވިކި ހުރި ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މި ނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.

  1. ނީލަންކިޔުން އޮންނާނީ 08 ޖެނުއަރީ 2020 ވާ ބުދަ ދުވަހު 09:00 ގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި ތެރޭގައެވެ.
  2. ނީލަމުގެ ބައިތައް ބެހެއްޓިފައި ހުންނާނީ ވަކިވަކިންނެވެ. ކޮންމެ ބައެއް ނީލަންކިޔާނީވެސް ވަކިވަކިންނެވެ.
  3. ނީލަންކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.
  4. ނީލަމުގެ ފެށޭ އަގު ކޮންމެ ބައެއްގައި ވަކިވަކިން، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ.
  5. ނީލަންމުން ނަންނަގަވާ ތަކެތީގެ އަގު 08 ޖެނުއަރީ 2019 ވާ ބުދަދުވަހުގެ 13:00 ފައިސާ ދައްކަންވާނެއެވެ.
  6. ނީލަންމުން ނަންނަގަވާ ތަކެތި 08 ޖެނުއަރީ 2019 ވާ ބުދަދުވަހުގެ 16:00 ގެ ކުރިން ގެންގޮސް ނިންމަންވާނެއެވެ.

މިނީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7952914 / 7847040 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.   

26 ޑިސެންބަރު 2019
ހޯދާ