ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ރިސެޕްޝަން ކައުންޓަރ އެއް ޖަހައިދޭނެ ފަރާތެއް ހޯދުން

ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

މި ކޮމިޝަނުން ދޭ ނަމޫނާއާއި އެއްގޮތަށް ރިސެޕްޝަން ކައުންޓަރ އެއް ޖެހުމަށް ބޭނުންވާތީ، އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.  

މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބާއްވާ މާޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 29 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކޮމިޝަނުގައި (މ. ތީމުގެ) ގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނޯންނެކަންވެސް ދެންނެވީމެވެ. 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވި ފަރާތްތަކުން 31 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް ކޮމިޝަނަށް   (މ. ތީމުގެ) ވަޑައިގެން ކޯޓޭޝަން ހުށަހެޅުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ ކޯޓޭޝަން ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.

                        28 ރަބީޢުލްއާރު 1441

                        25 ޑިސެމްބަރު 2019

25 ޑިސެންބަރު 2019
ހޯދާ