ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1- މަޤާމުގެ ނަމާއި ރޭންކާއި ކުލެސިފިކޭޝަން:

މަޤާމުގެ ނަން:

މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓް)

ރޭންކް:

އެސް.އެސް. 1

ކުލެސިފިކޭޝަން:

ސަޕޯޓް ސުޓާފް ގުރޭޑް 01

ވަޒީފާގެ ގިންތި:

ވަގުތީ

ބޭނުންވާ ޢަދަދު: 03

 

2- މުސާރަ އާއި އިނާޔަތްތައް:

#

މަޤާމް

ވަޒީފާގެ ޝަރުތު

ރޭންކް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

މަސައްކަތް ކުރާ ގަޑިއަކަށް

1

މަސައްކަތު

ޝަރުތު ހަމަވާނަމަ

SS1

މަސައްކަތް ޙަވާލު ކުރާނީ ދުވާލަކު 5 ގަޑިއިރު މަސައްކަތް ކުރާގޮތަށް ބަހާލައިގެން ކޮންމެ ވަގުތަކަށް 30 މިނެޓް ހިމަނައިގެންނެވެ.

-/45 ރުފިޔާ

 

3-      މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކުޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމު އޮތް އޮފީސް / އިދާރާ:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ

ސެކްޝަން:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ސެކުޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ / މަސްޖިދުލް ބިލާލް ، މަސްޖިދުއްސަލާމް ، ހުކުރު މިސްކިތް

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދުވާލަކު 5 ގަޑިއިރު ( ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް) (ހެނދުނު 8:00 ން 10:30 ށް)

 4-      މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާސާ:

  1. ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓް ކުރިން ނުވަތަ ކައުންސިލްގެ އިދާރާއިން އަންގަވާގޮތެއްގެ މަތިން، މިސްކިތަށް ގޮސް މިސްކިތުގެ އެތެރަ ރަނގަޅަށް ސާފުކުރުމާއި ޖަމާއަތުގެ ނަމާދުކޮށް ނިމުމުން މިސްކިތުގެ ހޮޅިބުރި ފަންކާ ފަދަ ތަކެތި ނިއްވުމާއި ދޮރުތައް ލެއްޕުން.
  2. ކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެ މަތިން، މިސްކިތް ފޮޅާ ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާއިވީ ފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން.
  3. މިސްކިތުގެ ވަޅު ހަޑިވިޔަ ނުދީ ބެލެހެއްޓުމާއި ވަޅުދިޔަ ހިއްކުން.
  4. ކައުންސިލްގެ އިދާރާއިން އަންގަވާގޮތެއްގެ މަތިން އަދި މުވައްޒަފުގެ ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތުގެ ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ ، ކަބަޑުތައް ފޮޅާ ސާފުކުރުން އަދި ހޮޅިބުރިތަކާއި ފަންކާތައް ދިއްލުމާއި ނިއްވުން.
  5. މިސްކިތުގައި ދީނީ ދަރުސް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ކައުންސިލްގެ އިދާރާއިން އާއި މުވައްޒަފުގެ ސްޕަވައިޒަރު އަންގަވާގޮތެއްގެ މަތިން ފުރިހަމަ އެއްބާރުލުން ދިނުން.
  6. ކައުންސިލްގެ އިދާރާއާއި މުވައްޒަފުގެ ސުޕަވައިޒަރ ހަމަޖައްސަވާގޮތެއްގެ މަތިން، މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ފެންދީ ބެލެހެއްޓުން.
  7. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން މުވައްޒަފުގެ ސުޕަވައިޒަރު، އަދި ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުމާއި މި ގެއްލުންތައް ރަނގަޅު ކުރުމަށްޓަކައި ކުރަން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  8. މިސްކިތާއި ގުޅޭގޮތުން ރައްޔިތުން ކުރައްވާ ޝަކުވާ އަޑުއަހާ އެޝަކުވާތައް މުވައްޒަފުގެ ސުޕަވައިޒަރާއި ހިއްސާކޮށް، އެކަންތައްތައް ރަނގަޅު ކުރުމަށް ފުރިހަމައަށް މަސައްކަތް ކުރުން.

5- މަޤާމުގެ ޝަރުތުތައް:

  1. ލިޔަންކިޔަން އެގުން

ނޯޓް:

  • ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

 

6- ގުޅޭ ވަޒީފާގެ ދާއިރާތައް:

ވަޒީފާގެ ދާއިރާތައް

  • ފޮޅާ ސާފުކުރުން

 

7- ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބުސައިޓް (www.csc.gov.mv) އިންނެވެ.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން  ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

8- ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން ( ކަނޑައެޅިފައިވާ އިންސައްތަ %26 )
  • މަސައްކަތު ތަޖްރިބާ ( ކަނޑައެޅިފައިވާ އިންސައްތަ %26 )
  • ލިބިފައިވާ ހުނަރު (އިންޓަވިއު / ޕްރެކްޓިކަލްސް) ( ކަނޑައެޅިފައިވާ އިންސައްތަ %48 )

 9-      މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

06 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން، ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއިއެކު ހުށަހަޅަށްޖެހޭ ލިޔުންތައް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected]  އެވެ. އިޢުލާންގެ ސުންގަނޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 10- އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 08 ޖަނަވަރީ 2020 އިން 07 ފެބްރުއަރީ 2020 އާ ދެމެދު، މާވަށު ކައުންސިލްގެ އިދާރާގައެވެ.

 11- ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 12- އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، އަމަލުކުރަންވީގޮތް:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800718 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ  [email protected]އަށެވެ.

                  ހިޖުރީ ތާރީޚް: 27 ރަބީޢުލްއާޚިރާ 1441

                  މިލާދީ ތާރީޚް: 24 ޑިސެމްބަރ 2019  

24 ޑިސެންބަރު 2019
ހޯދާ