މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު.

މަޤާމް :ޑެކްހޭންޑް
ބޭނުންވާ އަދަދު :8

 

 މުސާރަ:

 -/3840 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 -/4000 ރ  -/7000 ރ އާއި ދެމެދުގެ   އަދަދެއް ލިބޭނެއެވެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި   މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ   އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

 ޝަރުތު:

 - ގްރޭޑް 08 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08   ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް   ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

 - އުމުރުން 40 އަހަރަށްވުރެ މަތީ މީހެއް   ކަމުގައި  ނުވުން.

 - ކަނޑުމަތީގައި ގިނަ ވަގުތު މަސައްކަތް ކުރވޭ   މީހެއް ކަމުގައިވުން.

 - ސިއްޙީ ޤާބިލުކަން ލިބިފައިވާ ފަރާތެއް   ކަމުގައިވުން.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 - އުޅަނދުފަހަރު ކަނޑުމަތީގައި ދުއްވާއިރު އާއި   ބަނދަރުގައި އޮންނައިރު ރަގަޅަށް ބެލެހެއްޓުން.

 - އުޅަނދުފަހަރު ގައި ކުރަންޖެހޭ މަރާމާތުގެ   މަސައްކަތްތައް ކެޕްޓަން އަންގާ ގޮތެއްގެ މަތިން   ކުރުން.

 - އުޅަނދުފަހަރަށް އަރުވާ މުދަލާއި ތަކެތި   ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް   ކެޕްޓަން އަންގާ ގޮތެއްގެ މަތިން ކުރުން.

 - އުޅަނދުފަހަރު ގެ ދަތުރުގައާއި އަދި   ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ޝެޑިއުލްއާއި   އެއްގޮތަށް ކެޕްޓަން އަންގާ ގޮތެއްގެ މަތިން   ޑިއުޓީކުރުން.

 - އުޅަނދުފަހަރު ސާފުކޮށް ރަނގަޅަށް   ބެލެހެއްޓުން.

 މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު

 މަސައްކަތް ކުރަންޖެހޭ ތަން :

 ލޮޖިސްޓިކް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް   ލިމިޓެޑް

 ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

 - މަޤާމަށް އެދިހުށައަޅާ ފޯމް

 - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ   (މުއްދަތު ހަމަނުވާ)

 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި   އެކު  ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

 ސުންގަޑި:

 2020 ޖަނަވަރީ 05 ވާ އާދީއްތަ ދުވަހުގެ   15:30 ގެ ކުރިން

 ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ،   ބޮޑުތަކުރުފާނު މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ   ރިސެޕްޝަންގެ ކައުންޓަރުން ލިބެން   ހުންނާނެއެވެ. 

 އަދި

 މި  ކުންފުނީގެ   ވެބްސައިޓް  www.port.mv   އިން ޑައުންލޯޑް ކުރެވެން   ހުންނާނެއެވެ.

 އިތުރު މަޢުލޫމާތު: 3329339 ފެކްސް:   3325293  އީމެއިލް: [email protected]

 އިންޓަރވިއު މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ  2020 ޖަނަވަރީ 9 އާއި 16 އާ   ދެމެދުގައެވެ.

  ނޯޓް:  މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް   ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް   ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ   ރިކޯޑް ޗެކްކުރެވޭނެއެވެ.

24 ޑިސެންބަރު 2019
ހޯދާ