މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

ސޭލްސް އެސިސްޓަންޓް

 

އިދާރާ:

މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅު ތުލުސްދޫ ރައްޔިތުންގެ ފިހާރަ  / ކ. ތުލުސްދޫ

 

މުސާރަ:

މަހަކު 3700.00 ރުފިޔާ

 

ސަރވިސް އެލަވަންސް:

މަހަކު 1000.00 ރުފިޔާ

 

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، އަދި ރަމަޟާންމަހުގެ އިނާޔާތު ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

  1. ޖީ.ސީ.އީ އޯލެވެލްގެ 3 މާއްދާއިން ފާސްވެފައިވުމާއެކު އެސްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު  މަސްއޫލިއްޔަތު:

 

 

  1. މާލެއަތޮޅު ތުލުސްދޫ ރައްޔިތުންގެ ވިޔަފާރިން ލިބިދޭ ޚިދުމަތްތައް ކަސްޓަމަރުންނަށް ދިނުން
  2. މާލެއަތޮޅު ތުލުސްދޫ ރައްޔިތުންގެ ވިޔަފާރީގެ ދުވަހު ހިސާބުތައް ބެލެހެއްޓުން
  3. މާލެއަތޮޅު ތުލުސްދޫ ރައްޔިތުންގެ ވިޔަފާރީގެ ހިސާބުތަކުގެ ރިޕޯރޓުތައް ތައްޔާރުކުރުން
  4. މާލެއަތޮޅު ތުލުސްދޫ ރައްޔިތުންގެ ވިޔަފާރީގެ ސްޓޮކް ބެލެހެއްޓާ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުން
  5. މީގެ އިތުރުންވެސް ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން

 

އިންޓަރވިއު ކުރުން

  • މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް  ބެލުމަށްފަހު، ކައުންސިލް އިދާރާގެ އެޗް އާރް އިން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދެންނެވޭނީ  ޝޯޓްލިސްޓްކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
  • މިގޮތުން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 05 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

25

21

26

 

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތުގެ ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލް

100

48

48

 

ޖުމްލަ

185

100

100

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

ހުށައަޅަންޖެހޭ  ލިޔުންތައް:

 

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  4.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 (އިންޓަރވިއު އަށް ހޮވިއްޖެނަމަ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.)

ތަކެތިހުށަހަޅަންޖެހޭ އޮފީސް:

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ.

ތަކެތިހުށަހެޅުމުގެ ސުންގަޑި

30 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރެއްވުމަށް

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6640183 ފޯނާއެވެ. ފެކްސްއާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

       

 

24 ޑިސެމްބަރ 2019

 

 

24 ޑިސެންބަރު 2019
ހޯދާ