މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

    

                                                           ނަންބަރ : MTCC-HRAD/IU/2019/239

    

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ޓްރާންސްޕޯރޓް ސަރވިސަސް ޑިޕާރޓްމަންޓް

މަޤާމް:

އެސިސްޓެންޓް ކަސްޓަމަރ ސަރވިސަސް އޮފިސަރ  (ބަސް)

ބޭނުންވާ އަދަދު:           

02

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރ        

  • 10, 520.00 – 7,215.00ރ. އާއި ދެމެދު.
  • މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

އެމްޓީސީސީ /ރ. ދުވާފަރު ސައިޓް

ޝަރުޠު                 

  • ޖީސީއީ އޯލެވެލް ފުރިހަމަ ކޮށްފައިވުން.
  • ފައިސާއާއި މުޢާމަލާތުކުރުމުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • ކަސްޓަމަރުންނަށް އިހުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ބަސް ޓިކެޓް ވިއްކުމާއި ބަހުގައި ދަތުރުކުރާ ޕަސެންޖަރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން. އަދި ބަސް ޓިކެޓް ވިއްކާ ފައިސާގެ ލިޔެކިޔުންތަކާއި ސޭލްސް ބެލެހެއްޓުން.

 

މަޤާމް:

އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރ (ޙުލުމާލެ/ވިލިގިނލި)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރ        

  • 10, 520.00 – 7,215.00ރ. އާއި ދެމެދު.
  • މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

މެމްޓީސީސީ ޙުޅުމާލެ/މާލެ/ވިލިގިލި ޓާމިނަލް

ޝަރުޠު                 

  • ޖީސީއީ އޯލެވެލް ފުރިހަމަ ކޮށްފައިވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.
  • މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާލިބިފައިވާ  ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޚިދުމަތްހޯދާފަރާތްތަކަށް އިޚްތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރުލިބުމާއި އެކު އެކަމުގެ ޤާބިލުކަންހުރުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
  • ރަށުން ބޭރުގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަގަޅު މީހަކު ކަމުގައިވުން.  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިޕާޓްމަންޓްގެ މަރާމާތުގެ މަސައްކަތްތައް އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ކުރިޔައްގެންދިޔުން އަދި މިކަމާއި ބެހޭ ލިޔެކިޔުން ބެލެހެއްޓުން.

މަޤާމް:

ޓެކްނިކަލް އެސިސްޓަންޓް (ތިލަފުށި)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރ        

  • 9, 135.00 – 6,311.00ރ. އާއި ދެމެދު.
  • މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ތިލަފުށި

ޝަރުޠު                 

  • އިންޖިނިއަރިންގ/ މެކޭނިކަލް ފަދަ ފަންނީ ދާއިރާއަކުން މަސައްކަތްތައް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިޕާޓްމަންޓްގެ މަރާމާތްތަކުގެ މަސައްކަތް ތަކުގައިި އަތްގާތްކޮށްދިނުން.

ލޮޖިސްޓިކްސް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

 ކުރޫ (ޑޮމެސްޓިކް ޓަގް)

ބޭނުންވާ އަދަދު:           

02

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރ        

  • 9, 135.00 – 6,311.00ރ. އާއި ދެމެދު.
  • މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ޑޮމެސްޓިކް ޓަގް

ޝަރުޠު                 

  • އަސާސީ ތައުލީމު ފެންވަރު
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.  މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑޮމެސްޓިކް ޓަގުގައި ފަޅުވެރިއެއްގެ ގޮތުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޓަގް އޮޕަރޭޓަރ އަންގާ ގޮތުގެމަތިން ކުރުން

 

 

           ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001141/3001100 / 3001149 

އީމެއިލް: [email protected]         

ނޯޓް:ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.) މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

23 ޑިސެމްބަރ 2019

 

23 ޑިސެންބަރު 2019
ހޯދާ