ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ކ.ތިލަފުށީގައި، ކެފޭއެއް ތަރައްޤީކޮށް ހިންގާދޭނެ އަދި ޓަކް ޝޮޕެއް ހިންގައިދޭނެ ފަރާތެއް ހޯދަން

 

އިޢުލާން

                                                            ނަމްބަރު: GMIZL/IUL/PROC/2019/033

 

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކ.ތިލަފުށީގައި، ކެފޭއެއް ތަރައްޤީކޮށް ހިންގާދޭނެ އަދި ޓަކް ޝޮޕެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު GMIZL/IUL/PROC/2019/029 ގެ ދަށުން އެކަށީގެންވާ ބީލަމެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

-

24 ޑިސެމްބަރ 2019 އިން 26 ޑިސެމްބަރ 2019 އަށް

08:30 އިން  13:00 އަށް

މަޢުލޫމާތު ކަރުދާސް ދޫކުރުން

އާދިއްތަ

29 ޑިސެމްބަރ 2019

13:30 އިން ފެށިގެން

ޕްރީބިޑް މީޓިންގ

ހޯމަ

06 ޖަނަވަރީ 2020

10:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ހޯމަ

13 ޖަނަވަރީ 2020

10:30 ގައި

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

  • ބިޑް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 200.00 ރ. (ދުއިސައްތަ ރުފިޔާ) ގެ ނޮން ރިފަންޑަބަލް ފީއެއް ނެގޭނެއެވެ.
  • އިޢުލާން ނަންބަރު GMIZL/IUL/PROC/2019/029 ގެ ދަށުން ރެޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކުން މި ބީލަމުގައި ބައިވެރިވުމަށް އަލުން ރަޖިސްޓްރޭޝަން ފީ ދައްކާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ.
  • ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120  (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 30،000.00ރ (ތިރީސް ހާސް ރުފިޔާ) ގެ ޑިޕޮސިޓެއް ބަހައްޓަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށްވުރެ 30 (ތިރީސް ދުވަސް) އިތުރު ވާންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

23 ޑިސެމްބަރ 2019

26 ޖުމާދަލްއޫލާ 1441

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި                                                 Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ                                Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514                         Tel: 3307513, 3307515 Fax: 3307514

23 ޑިސެންބަރު 2019
ހޯދާ