އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
އިސްކަންދަރު ސްކޫލް ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭނެފަރާތެއް ހޯދުން

އިޢުލާން ނަންބަރ: IS-B/IUL/2019/43

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 24 އިން 2019 ޑިސެމްބަރ 26 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 29 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 30 ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 05 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިސްކަންދަރު ސްކޫލް

މާލެ

ފޯން: 3323244

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

25 ރަބީޢުލްއާޚީރު 1441

22 ޑިސެމްބަރ  2019

22 ޑިސެންބަރު 2019
ހޯދާ