މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ކުޅުދުއްފުށީ ހާބަރ އެކްޕެންޝަން ޕްރޮޖެކްޓްގެ ދަށުން ޢިމާރާތްކުރާ މަސް މާރުކޭޓުގެ ދޮރާއި ކުޑަދޮރުތައް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

        ކުޅުދުއްފުށީ ހާބަރ އެކްޕެންޝަން ޕްރޮޖެކްޓްގެ ދަށުން ޢިމާރާތްކުރާ މަސް މާރުކޭޓުގެ ދޮރާއި ކުޑަދޮރުތައް ހަދައި، ހަރުކުރުމުގެ މަސައްކަތް މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MTCC-PD/IU/2019/00208 ( 24 ނޮވެމްބަރ 2019 ) އިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

        ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 24 ވަނަ ދުވަހުގެ 13:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2019 ޑިސެމްބަރ 30  ވަނަ ދުވަހުގެ13:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

19 ޑިސެންބަރު 2019
ހޯދާ