މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކޯޕަރޭޝަނަށް ބޭނުންވާ ފޮޓޯކޮޕީ މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކޯޕަރޭޝަން އަށް ބޭނުންވާ ފޮޓޯކޮޕީ މެޝިންއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކުރެވިފައިވާ މައުލޫމާތުޝީޓާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަގު ހުށަހެޅުން.

ބީލަން ހުށަހަޅާ ފަރާތްތަކުން، އަގު ހުށަހަޅަންވާނީ ބިޑް ހުށަހަޅާ ފޯމްއިންނެވެ. ބީލަން ކާމިޔާބުކުރާ ފަރާތްތައް ކަނޑައަޅާނީ އެންމެގިނަ މާކްސް ލިބޭ ފަރާތަކަށް ބީލަން ކާމިޔާބުވާގޮތަށެވެ. އަގު ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.

.އަގު ހުންނަން ވަނީ ދިވެހި ރުފިޔައިންނެވެ

ޖުމްލަ އަގު ހުށައަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެންނެވެ.

އަދި މަތީގައި ބަޔާންކޮށްފައިވާ އައިޓަމްގެ ސްޕެސިފިކޭޝަންތަކާއި އެއްވަރު ވާންވާނެއެވެ.

އަދި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށްވުރެ ދަށްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ

އަގު ހުށަހަޅާއިރު "އަގު ހުށަހަޅާ ފޯމް" ނެތިޖެއްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ

 .ބިޑް ހުށަހަޅާފަރާތަކީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރެޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންވާނެއެވެ

އަދި ޤާނޫނުގައިވާފަދައިން ރެޖިސްޓްރީ ކުރެވިފައިނުވާނަމަ ބިޑް ބާތިލްކުރެވޭނެއެވެ

 

ހުށަހަޅަންޖެހޭ ތަކެތި/ލިޔުން

  • ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  • އެސްޓިމޭޓް/ ކޯޓޭޝަން
  • ޕްރޮފައިލް
  • ވޮރަންޓީ ލެޓަރ
  • އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
  • ތަޖުރިބާ ބަޔާންކުރާ ލިޔުން
  • ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
 

 ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު:

80%

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

2

މުއްދަތު:

10%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން

3

ތަޖުރިބާ:

10%

 ތަޖުރިބާއަށް މާރކްސްދެވޭނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް ލިބޭނީ 3 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 30 ޕޮއިންޓެވެ.)

 

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ކޯޕަރޭޝަންއަށް (9A, ހ.އޯކިޑް) ހާޟިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 12:00 އަށް މިކޯޕަރޭޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ،  9884778 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.

22 ޑިސެމްބަރ 2019

 

22 ޑިސެންބަރު 2019
ހޯދާ