މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އިޢުލާން

މަޤާމް:

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-318191

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް / ފައިނޭންސް ސެކްޝަން

މަގާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޯޕަރޭޓް ޑިޕާޓްމަންޓް / ފައިނޭންސް ސެކްޝަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް: 700/- ރުފިޔާ (މަހަކު)

2. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ފައިނޭންސް ސެކްޝަންއިން ލިޔަންޖެހޭ ސިޓީ،ނޯޓް، ފޯމް އައި މެމޯ ފަދަ ތަކެތި ލިޔުން.

2. ފައިނޭންސް ސެކްޝަން އަށް އަންނަ ސްޓޭޓްމަންޓްތައް އަޕްޑޭޓް ކުރުން.

3. ފައިސާ ދެއްކުމަށް ފައިނޭންސް ސެކްޝަނަށް ލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.( ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް 3000 -4000 ޕޭމަންޓް 1224ގެ ބިޒްއޭރިއާއިން ހަދާފައިވޭ)

4. ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސޮއެ ކުރުމަށްފަހު، ޗެކްކޮށް ސޮއެ ކުރުމަށް ހަވާލު ކުރުން.

5. ޕޭމަންޓް ވައުޗަރގައި ޗެކް ކޮށް ސޮއެ ލިބުމުން، 10 ހާސް ރުފިޔާއަށް ވުރެ ދަށް ޕޭމަންޓެއް ނަމަ އެއްފަރާތުގެ ހުއްދަ ސޮއެ ހޯދުން. (ހުއްދަ ސޮއެ ކުރެވޭނީ އ.ޑިރެކްޓަރއިން މަތީގެ ސައިން ކާޑްގައި ހިމެނޭ ފަރާތަކަށް ކަމުން އެފަރާތެއްގެ ސޮއެ ހޯދުން.)

6. ޕޭމަންޓް ވައުޗަރގައި ޗެކް ކޮށް ސޮއެ ލިބުމުން، 10 ހާސް ރުފިޔާއަށް ވުރެ މަތީ ޕޭމަންޓެއް ނަމަ ދެ ފަރާތުގެ ހުއްދަ ސޮއެ ހޯދުން. (ހުއްދަ ސޮއެ ކުރެވޭނީ އ.ޑިރެކްޓަރއިން މަތީގެ ސައިން ކާޑްގައި ހިމެނޭ ފަރާތަކަށް ކަމުން އެފަރާތެއްގެ ސޮއެ ހޯދުން.)

7. ޕޭމަންޓް ވައުޗަރ ތައް ޕޯސްޓް ކޮށް ނިމުމުން، ވައުޗަރ ރަޖިސްޓްރީން އަޕްޑޭޓް ކުރުން.

8. ޕޭމަންޓް ވައުޗަރ ތައް ޕޯސްޓް ކޮށް ނިމުމުން،ފިނޭންސް މިނިސްޓްރީއަށް ޕޭމަންޓް ރަން ކުރުމަށް މެއިލް ކުރުމާއި އެކު  ވެންޑަރ އަށް މެއިލް ކޮޕީ ކުރުން.

9. ޕޭމަންޓް ވައުޗަރ ތައް ޤަވާއިދާ އެއްގޮތަށް ފައިލް ކުރުން. (ޕޭމަންޓް ވައުޗަރ ފައިލް ކުރެވިފައި ހުންނަން ޖެހޭނީ މާލިއްޔަތު ޤަވާޢިދުގައި ވާ ގޮތަށް ވަކި ތަރުތީބަކުން ކަމުން އެޤަވާޢިދާއި އެއްގޮތަށް ފައިލް ކުރުން.)

10. ޕޭމަންޓް ސެޕްސިސްޓަމްއިން ކްލިއަރ ކުރޭތޯ ސްޓޭޓަސް ބެލުމާއި، ކްލިއަރިންގް ޑޮކިއުމަންޓް ނަންބަރ ލިބުމުން، ވައުޗަރ ރަޖިސްޓްރީގައި އެ ޑީޓެއިލްސް އަޕްޑޭޓްކޮށް، ފިނޭންސް މިނިސްޓްރީގެ ހެލްޕްޑެސްކަށް އީމެއިލްކޮށްގެން ޖަމާވި ދުވަސްބަލައި، އެކަން ވެންޑަރއިންނަށް އެންގުން.

11. ރާއްޖެއިން ބޭރަށް ކުރާ ރަސްމީދަތުރުތަކުގައި ފައިސާ ނެގުމަށް ބޭނުންވާ ފޯމް ފުރިހަމަ ކުރުމާއި ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ޑޮލަރ ނެގުމަށް އެމް. އެމް. އޭ އަށް ފޮނުވުން. ޑޮލަރ ލިބުމުން ޑޮލަރާއި ހަވާލުވެ، ތިޖޫރީއާއި ހަވާލު ވެ ހުންނަ މުވައްޒަފާއި ހަވާލު ކުރުމާއި، ހަވާލުވާން އަންނަ މުވައްޒަފު ފުރުމުގެ ކުރިން ޑޮލަރ ހަވާލު ކުރުވައި ސޮއެ ކުރުވުން.

12. ރާއްޖެތެރެއަށް ކުރާ ރަސްމީދަތުރުތަކުގައި ފައިސާ ނެގުމަށް ބޭނުންވާ ފޯމް ފުރިހަމަ ކުރުމާއި ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ރުފިޔާ ނެގުމަށް އެމް. އެމް. އޭ އަށް ފޮނުވުން. ފައިސާ ލިބުމުން ފައިސާއާއި ހަވާލުވެ، ތިޖޫރީއާއި ހަވާލު ވެ ހުންނަ މުވައްޒަފާއި ހަވާލު ކުރުމާއި، ހަވާލުވާން އަންނަ މުވައްޒަފު ފުރުމުގެ ކުރިން ރުފިޔާ ހަވާލު ކުރުވައި ސޮއެ ކުރުވުން.

13. މިނިސްޓްރީގެ ފަރާތުން ނަގަންޖެހޭ ފައިސާ ނެގުމަށާއި، ފައިސާ ޖަމާކުރުމަށް ދާނެ މީހަކު ނެތިއްޖެ ހާލަތެއް ގައި އެމް.އެމް.އޭ އަށް ދިއުން.

14. ފައިނޭންސް ސެކްޝަނުން ޕޭމަންޓް ވައުޗަރ ހަދަންޖެހޭ މުސާރަ ޝީޓް ތައް (07 މުސާރަ ޝީޓް) ލިބުމުން ޗެކް ކުރުން. މުސާރަ ޝީޓްގައި މައްސަލަ ހުރުމުގެ ސަބަބުން ރަނގަޅު ކުރަން ޖެހޭ ތަންތަން މާރކް  ކުރުމަށްފަހު، އެޗްއާރު ސެކްޝަނަށް ގުޅައި އީމެއިލް ކުރުން.

15. ރަނގަޅުކޮށްފައިވާ މުސާރަ ޝީޓް ލިބުމުން، އޭޕީ މޮޑިއުލްއިން މުސާރަ އެންޓަރ ކުރުމަށްފަހު ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސޮއެ ކުރުވުމާއި، ހުރިހައި ކަންތައްތަކެއް ފުރިހަމަ ކުރުމަށްފަހު ސެލެރީ ޕޯސްޓް ކުރުމުން. ފިނޭންސް މިނިސްޓްރީއަށް ޕޭމަންޓް ރަން ކުރުމަށް އީމެއިލްކޮށް ފޯނުން ގުޅުން.

16. ސެލެރީ ޕޭމަންޓްސް ރަން ކުރުމުން، ބީ.އެމް.އެލް،އެމް.އައި.ބީ، އަދި އެމްއެފްއެލްސީ އަދި އެހެނިހެން ޑިޑަކްޝަންތައް، ކޯޓުތަށް ފަދަ ތަންތަނަށް އެކްސެލް ޝީޓްތައް މެއިލްކުރުމާއި، އޮރިޖިނަލް ޝީޓްތައް ފޮނުވުން.

 

މަޤާމުގެ ޝަރުޠުތައް:

ފައިނޭންސް ނުވަތަ އެކައުންޓިންގ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

   (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

35

35

40

5

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

230

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގައި ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖަނަވަރީ 05 އާއި 2020 ޖަނަވަރީ 23 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ.ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕްއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004717 ނަންބަރު ފޯނަށް ނުވަތަ 4004707 ނަންބަރު ފޯނަށެވެ.

                                  

 

                22 ރަބީޢުލްއާޙިރު 1441

 

  19 ޑިސެންބަރު 2019 

 

19 ޑިސެންބަރު 2019
ހޯދާ