ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ހިރިޔާ ސްކޫލުގެ ކެންޓީން ހިންގާނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ހިރިޔާ ސްކޫލުގެ ކެންޓީން ހިންގާނެ ފަރާތެއް ހޯދުމަށް ކުރި HS-B/IUL/2019/19 ނަންބަރު އިޢުލާން އާއި ގުޅިގެން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަތީ 1 ފަރާތުން ކަމުގައި ވާތީ އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2019 ޑިސެމްބަރ 22 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00  ގައި ހިރިޔާ ސްކޫލުގައެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ހިރިޔާ ސްކޫލުގައެވެ. 

އަންދާސީ ހިސާބު ހަށަހެޅޭނީ މަތީގައި ދެންނެވިފައިވާ ތާރީޚްގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ  ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. ބީލަން ފޮތް (މަޢުލޫމާތު ޝީޓް/ ފޯމްތައް)  މި އިޢުލާނާއި އެޓޭޗް ކުރެވިފައި އެވަނީއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

19 ޑިސެންބަރު 2019
ހޯދާ