އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އޮފިސަރ – ޖީ.އެސް 3

 

ނަންބަރު: (A)AB-2019/295)

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ – ޖީ.އެސް 3

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ކޯޑިނޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1500 (އެއްހާސް ފައްސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 3000/- (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ 45%

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް:  

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލި ބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެހެނިހެން ޝަރުޠުތައް:

- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

- ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.

- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

- މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

މަސްއޫލިއްޔަތު:

ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް:

  • ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތްތަކުގެ ޔައުމިއްޔާ ލިޔުން.
  • ސެކްޝަންގެ ލިޔެކިޔުންތައް ތަރުތީބުކޮށް ފައިލްކުރުން.
  • ޓާސްކް މެނޭޖަރ ދުވަހުން ދަވަހަށް އަޕްޑޭޓް ކުރުން.

ޙާލަތާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް:

  • ކޮމިޝަނުން ޙާޞިލް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށްޓަކައި، ކޮންމެ އަހަރަކު ސެކްޝަނުން ހިންގާނެ ޙަރަކާތްތަކުގެ ތާވަލު އެކުލަވާލުމުގެ އިދާރީ މަސައްކަތް ކުރުން.
  • ސެކްޝަނުގެ އިދާރީ މަސައްކަތްތައް ކުރުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ދުވަހުން ދުވަހަށް އެއްކުރަމުން ގެންދިއުމާއި، އިދާރީ ސެކްޝަނުން ކަނޑައަޅާ މުއްދަތަށް އެ މަޢުލޫމާތު ތައްޔާރުކޮށް ނިންމުން.
  • ކޮމިޝަނުގެ އަހަރީ ބަޖެޓް އެކުލަވާލުމަށްޓަކައި، ކުރިއަށްއޮތް އަހަރު ސެކްޝަނުން ހިންގާނެ ހަރަކާތްތަކަށް ހިނގާނެ ޚަރަދު އަންދާޒާކޮށް ބަޖެޓް ތައްޔާރު ކުރުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • އިންތިޚާބުގެ ބަޖެޓް ތައްޔާރުކުރުމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވުން.
  • އިންތިޚާބުތަކުގެ ކަލަންޑަރު އެކުލަވާލުމުގެ އިދާރީ މަސައްކަތްތައް ކުރުމާއި ކަލަންޑަރު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޮންމެ އިންތިޚާބެއްވެސް ބާއްވާނެ ތާރީޚު ކޮމިޝަނުން ކަނޑައެޅުމުން، އެ އިންތިޚާބަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި ކުރަންޖެހޭ އިޢުލާން ތައްޔާރުކޮށް، ޢާންމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ފަރުމާކޮށް، ޕްރިންޓްކޮށް، ލިބޭނޭ އިންތިޒާމު ހަމަޖެއްސުމުގެ އިދާރީ މަސައްކަތް ކުރުން.
  • އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ލިބޭނެގޮތާއި، ފޯމު ބަލައިގަނެ ޖަވާބު ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިދާރީ މަސައްކަތްތައް ކުރުން.
  • އިންތިޚާބުތަކާ ގުޅިގެން އޮބްޒަރވަރުން، މޮނީޓަރުން، އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އިޢުލާނު ކުރުމާއި އެޕްލިކޭޝަންތައް އެކްރެޑިޓްކޮށް ފާސް ދޫކުރުމާ ގުޅޭ މަސައްކަތްތައް ކުރުން.
  • އިންތިޚާބުތަކަށް ކުރިމަތިލާ ސިވިލް ސަރވިސް މުވައްޒަފުންގެ މަޢުލޫމާތު ސިވިލް ސަރވިސް ކޮމިޝަނަށް އެންގުން.
  • ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް ދޭންޖެހޭ މައުލޫމާތު ދިނުމާއި އެމައުލޫމާތު އާންމުކުރުމާއި އެމައުލޫމާތު ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރުން.
  • ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތު ނެގުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  • ވޯޓުފޮށި ބަހައްޓާނޭ ތަންތަން ހޯދައި އެތަންތަން ސަރވޭކުރުމާއި، ސަރވޭ ރިޕޯޓު އެކުލަވާލުމަށްފަހު ކޮމިޝަނަށް ހުށަހަޅައި، ކަމާބެހޭ ސެކްޝަނާ ގުޅިގެން އެތަންތަނުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  • ވޯޓު ކަރުދާސް ޑިޒައިން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޗާޕުކުރެވޭ ވޯޓުކަރުދާސް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • ވޯޓުކަރުދާހުގެ ސްޓޮކް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • ޗާޕުކޮށްގެން ގެނެވޭ ވޯޓުކަރުދާހުގައި ޕްރިންޓިންގ މައްސަލައެއް ހުރިތޯބެލުމަށްޓަކައި، ޗެކުކުރުމުގެ މަސައްކަތުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  •  ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހުގެ ތަފްޞީލު ތައްޔާރުކޮށް، ތަފްޞީލާ އެއްގޮތަށް ސެކިއުރިޓީ އުރައިގައި  ވޯޓުކަރުދާސް ބަންދުކޮށް، ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިދާރީ މަސައްކަތް ކުރުން.

 

  • އިންތިޚާބުތަކުގައި ބޭނުންކުރެވޭ ވޯޓުކަރުދާސް ރައްކާތެރިކަމާއެކު ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • ވޯޓު ފޮށި ބަހައްޓާނެ ތަންތަން ހޯދައި އެތަންތަން ސަރވޭ ކުރުމާއި، ސަރވޭ ރިޕޯޓު ތައްޔާރުކުރުމަށްފަހު ކޮމިޝަނަށް ހުށަހެޅުމާއި، އެހެން ސެކްޝަންތަކާ ގުޅިގެން އެތަންތަނުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރުން.
  • އިންތިޚާބުގައި ކޮންމެ ވޯޓުފޮށްޓަކަށް ވޯޓުލާނެ މީހުންގެ އަދަދު ކަމާ ގުޅޭ ސެކްޝަނުން ހޯދައި، ވޯޓުލާ މަރުކަޒުޔައް ހަމަޖައްސައި، އެވޯޓުފޮށިތަކުގެ އަދަދާއި ވޯޓުފޮށިތައް ބަހައްޓާ ސަރަޙައްދުތައް އިޢުލާން ކުރުމަށް އިޢުލާން ތައްޔާރުކޮށް އިޢުލާން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  • އިންތީޚާބުތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދަންޖެހޭ ތަކެތި ހޯދުމަށް ސްޓޮކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި އެތަކެތި ލިބޭކަން ޔަޤީން ކުރުން.
  •  ވޯޓުނަގާ މަރުކަޒުތަކުގެ ލޭއައުޓް ތައްޔާރު ކުރުމާއި، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ވޯޓުނެގޭނެގޮތަށް ތަން ތައްޔާރު ކުރުމުގެ އިންތިޒާމުތައް ހެމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • ވޯޓުނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ފަރުމާކޮށް، ތައްޔާރުކޮށް ޕެކްކުރުމަށްފަހު ވޯޓުލާ މަރުކަޒުތަކަށް އެތަކެތި ފޮނުވުމަށް ކަމާ ގުޅޭ ސެކްޝަނާ ހަވާލުކޮށްގެން ފޮނުވުނުކަން ކަށަވަރު ކުރުން.
  • މާލެ އާއި މާލޭގައި ބަހައްޓާ އަތޮޅުތަކުގެ ވޯޓުފޮށިތައް ބަހައްޓާ ތަންތަން ޢާންމުންނަށް ފަސޭހައިން އެނގޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ވަޞީލަތްތައް ތައްޔާރުކުރުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • އިންތިޚާބުގެ ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާ ތައްޔާރު ކުރުމުގެ އިދާރީ މަސައްކަތްތައް ސެކްޝަންގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން ކުރުން.
  • އިންތިޚާބުގެ ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާގެ އިޢުލާނު ތައްޔާރުކޮށް އާންމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެނަތީޖާ ޝީޓުތައް ބެލެހެއްޓުން.
  • ވޯޓުނަގާ ނިމުމުން، ވޯޓުނެގުމަށް ބޭނުންކުރި ތަކެތި އަނބުރާ ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ތަކެތި ބަލައިގަނެ ނަތީޖާ ހަދާ ޓީމަށް ބޭނުންވާ ލިޔެކިޔުންތައް ރައްދުކުރުމާއި، ވޯޓުނެގުމަށް ބޭނުންކުރި ސެކިއުރިޓީ އުރަތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • އިންތިޚާބުތަކުގައި ބައިވެރިވާ ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާންތައް ބަލައިގަނެ، ރިޕޯޓުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • އިންތިޚާބުތަކާއި، ބައި-އލެކްޝަންތައް އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ ޢާންމު ވޯޓުތަކުގެ ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓްތައް އެކުލަވާލުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • ކޮމިޝަނުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ސެކްޝަންގެ މަސައްކަތްތައް ކުރިޔަށްދޭތޯ ބަލައި، އެޕްލޭންގައިވާ ސެކްޝަނާ ގުޅުންހުރި ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ބަލައި، ވަޒަންކުރުން.
  • ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުން.
  • ސަލާމުގައި ހުންނަނަމަ އަންގަންޖެހޭ ފަރާތްތަކަށް އަންގައި އެދުވަހެއްގައި ނިންމުމަށް ޙަވާލުކުރެވިފައިވާ މަސައްކަތުގެ މަޢުލޫމާތު ސެކްޝަނުގެ ވެރިޔާއަށް ދިނުމާއި އެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސެކްޝަންގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޗުއްޓީ ނަގާނަމަ،  ޗުއްޓީގައި ހުންނަ ދުވަސްވަރު އެ މަސައްކަތް ކުރުމާ ޙަވާލުވާ މުވައްޒަފަށް އެދުވަސްވަރު ކުރަން ހުރި  މަސައްކަތް ލިޔެކިޔުމުން ޙަވާލުކުރުން.
  • ·      މިނޫންވެސް ޑިވިޜަނުންނާއި، އޮފީހުން ކުރާ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

-  ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

   3.    މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

- މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަން (ޕޯޓްސް ކޮޕްލެކްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-  ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑްވެސް ކުރެވޭނެއެވެ.

މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- ޖެނެރަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

18 ޑިސެންބަރު 2019
ހޯދާ