ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ނީލަން ކިއުމާއި ގުޅޭ

ތިރީގައިމިވާ ސަރަހައްދުތަކުގައިވާ  ރުއްގަސްތަކުގެ ނީލަންކިޔުން 26 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހު އެބިންތަކުގައި އޮންނާނެއެވެ.

  • ފުނާޑު މަންޒިލްގޯޅީގެ އިރުމަތީ ފަރާތުގައި ނަންބަރު 03 އަދި 04 ޖަހާފައިވާ ރުއްގަސް ތަކުގެ ނީލަންލިޔުން 26 ޑިސެންބަރު 2019 (ބުރާސްފަތި) ދުވަހު 9:00 ގައި އެބިމުގައި އޮންނާނެއެވެ.
  •  ފުނާޑު ރަވަތަ ގޯތީގެ އިރުން ނިކަގަސްހިނގުމުގެ ހުޅަނގުން އިންވެގެން އޮތް ފުނާޑު ފިނިފެންމާގެ އަންވަރީ ޙަސަންގެ ގޯތީގައިވާ ނަންބަރު 01 ޖަހާފައިވާ ރުއްގަހުގެ ނީލާންކިޔުން 26 ޑިސެންބަރު 2019 (ބުރާސްފަތި) ދުވަހު 9:15 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ޑިސެންބަރު 2019 ވަނަ ދުވަހު މަތީގައި ބަޔާންކުރެވިފައިވާ ގަޑިތަކަށް އެބިންތަކަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަންނަންގަވާ ފަރާތްތަކުން 29 ޑިސެންބަރު 2019 ދުވަހު 12:00 ގެކުރިން ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) ގެ އިދާރާއަށް ފައިސާ ދައްކަވައި 30 ޑިސެންބަރު 2019 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއް ކަނޑައި ރުކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެއްތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

މިހެންވެ މިކަން އަންގައި އިޢުލާން ކުރަމެވެ.    

18 ޑިސެންބަރު 2019
ހޯދާ